Wednesday, November 19, 2008

ނ. އަތޮޅު ރައްޔިތުން ނުރުހިފައި...

ދާދިމިދާކަށް ދުވަހު އައު ސަރުކާރުން އިއުލާންކުރި އުތުރުގެ ތަރައްގީގެ ޒޯންގައި ހިމެނެނީ ހ.އ، ހ.ދ، އަދި ށ. އަތޮޅެވެ. ގުދުރަތީގޮތުން އުފެދިފައިވާ ބޮޑު އެއް އަތޮޅުގައި ހިމެނެނީ މިތިން އަތޮޅުގެ އިތުރުން ނ. އަތޮޅެވެ. އެހެން ގޮތަކަށް ބުނާނަމަ، މިލަދުންމަޑުލު ދެކުނުބުރި ތަރައްގީއިން ބާކީވީއެވެ. ނަމަވެސް، ކޮންމެވެސް ސަބަބަކާހުރެ (ކުޅުދުއްފުއްޓާއި ދުރުކަމުން ކަމުގައި ވެދާނެ) ނ. އަތޮޅު މިވަނީ އައު ސަރުކާރުން އެކުލަވާލި ފުރަތަމަ ތަރައްގީގެ ޕްލޭނުން ބާކީކުރެވިފައެވެ. މިކަމާގުޅިގެން ފަރުދުންގެ ފެންވަރުގަޔާއި ރަށު ފެންވަރުގައި މިކަމާ ނުރުހުން ފާޅުކުރަން ފަށައިފިކަމަށް ހަބަރު ލިބިއްޖެއެވެ.

އެމީހުންގެ ޝަކުވާއަކީ "ސަރުކާރުގެ ތަރައްގީގެ ޕްލޭނުތައް ފާދިއްޕޮޅާ (ޅ. އަތޮޅު) ހަމައަށް އައިސްފައި ބޯމަތިން އުތުރުގެ އެހެން އަތޮޅުތަކަށް ދަނީ." "ނ. އަތޮޅުގައި ޓޫރިޒަމް ތަރައްގީކުރުމަށް ފެށުނީ ޅ. އަތޮޅުގައި ފަށައި، ހއ އަދި ހދ އިން ރިސޯޓުތައް ތަރައްގީކުރުމަށް ހުޅުވާލުމަށްފަހުގައި މުޅި ރާއްޖެއަށް ޓޫރިޒަމް ތައާރަފުކުރުމަށް ހިންގުނު މަސްރޫއެއްގެ ދަށުން." "އޭރުވެސް ހުޅަގު ބިތުގައި އޮތް ބ. އަތޮޅުގައި ޓޫރިޒަމް އޮތީ މެކުހަށް ޖަހާފަ." "ހަނިމާދޫ އެއާޕޯޓުގެ ފަސޭހަ ނުލިބޭ ހަމައެކަނި އުތުރުގައި އޮތް އަތޮޅަކީ ނ. އަތޮޅު ކަމަށްވާއިރު ށ. އަތޮޅުގައި ސަރަހައްދީ އެއާޕޯޓެއް އެޅުމަށް ކުރީގެ ސަރުކާރުން އިއުލާންކުރި" "އޭރުވެސް ހއ. ހދ ގައި ޓޫރިޒަމް އޮތުމުން ދަތުރުފަތުރުގެ ފަސޭހަ ށ. އަތޮޅަށް ލިބެމުންދޭ". "ފާދިއްޕޮޅާ (ޅ. އަތޮޅު) އާއި ބ. އަތޮޅުގައި ޓޫރިޒަމް އޮތުމަކުން އެއްވެސް މަންފާއެއް މަމެންނަކަށް ނުވޭ." "ނ. އަތޮޅުން ރިސޯޓުހަދަން އިއުލާންކުރި އެއްރަށް އޮތީ ށ. އަތޮޅުމީހުންނަށް ވާގޮތަށް"

އައު ސަރުކާރުގެ މިނިންމުމާ ހިތްހަމަ ނުޖެހިގެން އުޅޭ ފަރާތްތަކުން ބުނާގޮތުގައި އެއަތޮޅަކީ ކުރީގެ ރައީސް މައުމޫނުގެ ދުވަސްވަރުގައި ވަރަށް ބޮޑަށް ތަރައްގީގެ ޕްލޭންތަކުން ބާކީކުރެވިފައިވާ އަތޮޅަކެވެ. އަދި އެފަދަ ކަމެއް އަނެއްކާވެސް ތަކުރާރުވާން އުޅޭހެން ހީވާތީޔޯލައެވެ. ހަގީގީ މައްސަލައަކީ މިފަދަ މައްސަލަތައް މިހެން އޮއްވާމެ ކަމުގެ ދެކޮޅު ނުބަލާ އައު ސަރުކާރުން މަސްރޫއުތައް ހިންގުމަށް އިއުލާންކުރުމެވެ. މިސާލަކަށް، އުތުރުގެ ތަރައްގީގެ ޕްލޭނުން ނ. އަތޮޅު ބާކީވެފައިވާއިރު، ނ. އަތޮޅު ބާކީކުރެވިފައިވަނީ ކީއްވެކަމާއި ނ. އަތޮޅު ހިމެނޭ ޒޯނާ ގުޅޭގޮތުން އައު ސަރުކާރުން އެކުލަވާލައިފައިވާ ޕްލޭނު ނ. އަތޮޅު ރައްޔިތުންނާ ހިއްސާކުރިނަމަ މިހެން ވާކަށް ނުޖެހުނީހެވެ.

2 comments:

Anonymous said...

give them time dudes. they have lots of things to undo after the dictator left.

Anonymous said...

before election mdp said they had all plans n blueprints n ready 4 govt any day. so i thought it was just a matter of winning the election.

 
Web Statistics