Friday, April 29, 2011

އަންނި އަށް ވޯޓުދޭށޭ ބުނިން


"އަންނިއަށް ވޯޓު ދޭށޭ ކުރިން ރައްޓެހިންގެ ގާތުގައި ބުނީމެވެ. އެކަމަކު މިއަދު އެމީހުންގެ ކުރިމައްޗަށް އަރަން އަހަރެން ލަދުގަނެއެވެ. އަހަރެންގެ އެހެން ރައްޓެހިންވެސް އަންނިގެ ވަހާކަ ދައްކަން މިހާރު ލަދުގަނެއެވެ. އެހެންތާވާނީ، ކުރާނަމޭ ބުނި ކަންތައްތައް ދަނީ ދިމާ އިދިކޮޅަށެވެ. މިހާރު ކުކުޅެއް ލިބެނީ 55 ރުފިޔާއަށް ސަންކުއިކް ޖޫސްފުޅިއެއް 65 ރުފިޔާއަށެވެ. މިއަދު ހަމަ ރަގަޅަށް ވެސް މާޔޫސް ވެއްޖެއެވެ. އަންނިގެވެސް ތަސްމީނުގެވެސް ފަހަތުގައި ގުނބޯހެދެން ތިބޭނެކަމެއްނެތެވެ." މިއީ މިއަދު އަންނިއަށް ވޯޓުދީ އިސްލާހަށް ތާއީދުކުރި މީހުންގެ ބަހެވެ. އަންނިއަށް އަޑު އިވޭހެއްޔެވެ؟

މިހާލަތަށް އަންނަން ޖެހުނީ ކީއްވެ؟

މިހާލަތަށް އަންނަން ޖެހުމުގައި ގިނަ ގުނަ ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި

ހ. މަގާމުތަކަށް އެކަށީގެން ނުވާ ތައުލީމެއް ނުވަތަ ތަޖުރިބާއެއް ނުވަތަ ގާބިލުކަމެއް ނެތް މީހުން ބޮޑެތި މަގާމުތަކަށް ލުން. މިސާލަކަށް ނުކިޔަވާ ތިބި ފޭދޫ އަދުހަމު ފިނޭންމިނިސްޓަރުގެ ނައިބަށް ލުމާއި އިމާރާތްކުރުމުގެ ދާއިރާއިން ކިޔަވައިގެން އުޅޭ ރޯނުއެދު އަސްލަމް ސާކިރު ފިނޭސް މިނިސްޓަރުގެ ނައިބުކަމަށްލުމާއި ކާބޯތަކެތީގެ ބާވަތްތަކާ ބެހޭ ގޮތުން ކިޔަވައިގެން ހުރި މާރިޔާގެ ކޮއްކޮ ހައުލާ ފޮރިންމިނިސްޓަރުގެ ނައިބުކަމަށް ލުމާއި މިހެން ގޮސް ހަމައެކަނި މީހާއަށް ބަލައިގެން އެތަކެއް މަގާމުތައް ބަހާފައިވެއެވެ. އައްސަދުމެން ފިނޭސް މިނިސްޓަރުގެ ނައިބުކަމުން ސްޓޭޓު މިނިސްޓަރުކަމަށް އަނެއްކާ މިހާރު ފައިނޭސް ކޮންޓުރޯލާގެ މަގާމަށް ލާން މިޖެހުނީ އެނާގެ ގާބިލުކަމުން ތޯ ސުވާލުކުރެވެއެވެ. އެތަނުގައި ހުރެގެން ގެނެވުނު ހެޔޮ ބަދަލެއް ދައްކަ ބަލާށެވެ. ޑޮލަރުގެ އަގު ބޮޑުކުރިއިރު ޓީވީއަށް އަރާ ތަކެތީގެ އަގު އުފުލަނަ ނުދިނުމަށްޓަކައި ކުރަން ބުނި ފުރީ މާކެޓު އޮޕަރޭށަންގެ ކަންތައްތައް ކޮބާ ހެއްޔެވެ؟ ބަލަ، ތަކެތީގެ އަގު އެހެރަދަނީ ހައްތަހާ ބޮޑުވަމުންނެވެ.

ށ. ދައުލަތުގެ ހަރުމުދާ ބޭރުގެ ފަރާތްތަކަށް ވިއްކައި ރާއްޖެއަށް ވަންނަ ބޭރު ފައިސާ ރާއްޖޭން ބޭރުކުރުން. އަންނި ވެރިކަމަށް އައިސްފައި ހުރި އެންމެ "ބޯބޮޑު" ކަމަކީ ޕުރައިވަޓައިޒްގެ ސިޔާސަތު ނުވަތަ ދައުލަތުގެ ތަންތަން އަމިއްލަ ފަރާތްތަކަށް ދޫކުރުމެވެ. މިކަން ކުރެވުނީ މަރު މޯރުން ކުރާ ބީދައިންނެވެ. އެއީ ރާއްޖެއަށް ވަންނަ ބޭރު ފައިސާ ބޭރު މީހުންގެ ޖީބަށް ދާގޮތަށެވެ. އޭގެ މިސާލުތަކަކީ ދިރާގުގެ ހިއްސާ ބޭރު މީހުންނަށް ވިއްކުމާއި ފެން ކުންފުނީގެ ހިއްސާ ބޭރު މީހުންނަށް ވިއްކުމާއި އެންމެ ގިނައިން ބޭރު ފައިސާ ލިބޭ އެއާޕޯޓު ކުންފުނި ބޭރު ބަޔަކަށް ދިނުމާއި މިހެން ގޮސް އެތަކެއް ކަމެއް ކޮށްފިއެވެ. އެއާ ހިލާފަށް ރާއްޖެއަށް ބޭރު ފައިސާ ލިބޭނެ މަގުތަކެއް ސަރުކާރަކަށް ކޮށައެއް ނުދެވުނެވެ. އެގޮތަކަށް ސަރުކާރުގެ އިގުތިސޯދީ ސިޔާސަތު އައްސަދުމެން، އަސްލަންޓޭމެންގެ ބެލުމުގެ ދަށުން ބައްޓަމެއް ނުކޮށްދެވުމެވެ. މިހާރު ދެން މިހާލަތުން އަރައިގަނެވޭނީ ރާއްޖޭއަށް ލިބޭ ބޭރުފައިސާ އިތުރުކޮށްގެންނޭ ގޮވުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ލިބޭ އެތިކޮޅު ގައުމުގައި ބެހެއްޓޭތޯ އުޅުން މާރަގަޅުވީސް ނޫންހެއްޔެވެ؟ ބަލަ ކަންކަން ކުރާ އިރު އޭގެން ނުކުންނާނެ ނުރަގަޅު ނަތީޖާއާމެދު ވިސްނާލެވުނު ނަމަ މިހެންނެއް ނުވީހެވެ. އިންވެސްޓްމަން މޯލުޑިވުސް އާއި ޕުރައިވަޓައިޒްގެ ސިޔާސަތު ހިންގައިގެން މުއްސަދިވީ ބަޔަކުވެސް އުޅޭތާދޯއެވެ.

ނ. ވިޔަފާރިވެރިންދެކެ ބިރުން ރާއްޖެއަށް ވަންނަ ބޭރުފައިސާ ރާއްޖޭގައި ހިފެހެއްޓޭނެ ގޮތެއް ހަދަން ނުކެރުން. ރިސޯޓުވެރިން ބޭރުމީހުންނަށް ރިސޯޓުތައް ދީގެން އެދުމަތީގައި ޑޮލަރު ގުނަން ތިބޭކަން ނޭގޭ މީހަކު މިރާއްޖޭގައި އުޅޭހެއްޔެވެ؟ އަދި ނުވިތާކަށް ލިބޭ ޑޮލަރުކޮޅު ބޭންކަށް ނުލައި ސޫޓުކޭހުގައި ބޭރުކުރާކަމާއި ކަޅުބާޒާރުގައި ޑޮލަރު ވިއްކަން އުޅޭކަން ނޭގޭ މީހަކު މިކުޑަކުޑަ މާލޭގައި ނޫޅޭހެއްޔެވެ؟ ސަރުކާރަށް ކުރެވުނު ކަމެއް ކޮބާހެއްޔެވެ؟ އަތުލައި ގަނެވުނީ އެންމެ ބަންގާޅު ސޮރެއްހެއްޔެވެ؟ ބޯހަލާކު ވާވަރު ވެއެވެ. ބަލަ، ރާއްޖޭގައި ފައިސާ މުއާމަލާތްތައް ކުރާނީ ދިވެހި ރުފިޔާއިން ކަމަށް ގާނޫނުގައި ނުބުނޭހެއްޔެވެ؟ މިކަން ސަރުކާރަށް ތަންފީޒުކުރެވުނީ ކިހާވަރަކަށް ހެއްޔެވެ؟ ކަމެއް ކުރަން އެގޭ އެކަކުވެސް މިސަރުކާރުގައި ނެތީ ހެއްޔެވެ؟ އަނެއްކާވެސް ޑޮލަރާ ބެހޭ ކޮމިސަނެއް ހަދަމާ ހިގާށެވެ. އެކޮމިސަނަށް ރިފޯމިސްޓު ޖާނޭގެ ނަމާއި މޮޔަ ނާސިރާގެ ހުށައަޅައްޗެވެ. އޭރުން އެވެރިންނަށްވެސް ކޮންމެވެސް ލާރިކޮޅެއް ލިބޭނެތާއެވެ.


Thursday, April 28, 2011

ކަޅު ބާޒާރުގައި ޑޮލަރު 18 ރުފިޔާއަށް އުފުލިއްޖެ

ބޭންކުތަކަށް ލިބޭ ޑޮލަރު މަދުވުމުން ޑޮލަރު ވިއްކުން ބޭންކުތަކުން ކޮންޓުރޯލުކުރަން ފެށިއެވެ. އޭގެ ނަތީޖާއަކީ ދިވެހިން ޑޮލަރަށް ޖެހެން ފެށުމެވެ. އެއްދުވަހުން އަނެއްދުވަހަށް ޑޮލަރުގެ ދާށިކަން އައީ ބޮޑުވަމުންނެވެ. ޑޮލަރުގެ ދަތިކަން ފިލުވުމަށް ދީލަތި ސަރުކާރުން ކެޑިނޭޅި އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ ކުރިކަމަކީ އިންޑިޔާއިން ޑޮލަރު ކޮޅެއް ހޯދުމެވެ. ތިން މަސް ތެރޭ ޑޮލަރުގެ ތާށި ފިލުވާލާނެކަމަށް ރައީސް ނަސީދު ވިދާޅުވަމުން ގެންދެވިއެވެ. ނަތީޖާއަކީ، ބޭންކުތަކުން ޑޮލަރު ހުސްވެ ޑޮލަރުގެ ކަޅުބާޒާރު ވައިގަ ހިފީއެވެ. ދެވަނަ ކަމަކަށް ކުރިކަމަކީ ޑޮލަރުގެ ފަހަތުން ފުލުހުން ދުއްވީއެވެ. އަތުލައި ގަނެވުނީ އަޅާލާނެ އިޔާރެއް ބިޔާރެއް ނެތް ބަންގާޅީ ސޮރެކެވެ. މަސްފަލަ އެއް ގޮދާވެސް އަތަކު ވީކަމަކަށް ނުވިއެވެ. ނުކުތް ނަތީޖާއެއް ނެތެވެ. ދެން، ކުރިކަމަކީ ބޯބޮޑު ބުއްދިއެއް ކުރީއެވެ. އެއީ ކޮންމެވެސް އެހެން ގައުމެއް ބަލައިގެން ޑޮލަރު ރޭޓު %20 އަށް ބޮޑުކުރީއެވެ. އަދި ވަރަށް އަވަހަށް ޑޮލަރުގެ ރޭޓު 10 ރުފިޔާއަށް ތިރިވާނެއޭ ގޮވަން ފެށީއެވެ. އަދި ރައީސް ނަސީދުގެ އިގުތިސޯދީ ލަޑުދަޑިތައް ހާސިލުކޮށްފިކަމަށް ރޭޑިޔޯއަށް އަރާ އިއުލާންކުރީއެވެ. ނަތީޖާއަކީ ކޮބާތޯއެވެ؟ ކަޅުބާޒާރުގައި ޑޮލަރު ކުރިން ހުރި ވަރަށް ވުރެންވެސް ބޮޑުވެގެން ދިޔައީއެވެ. ތަކެތީގެ އަގު އުފުލި، ރައްޔިތުންނަށް ވީ ވައުދު އެކޮޅުކޮޅުން ޖެހުނީއެވެ.

މައްސަލަ ހައްލުކުރެވޭނީ:

މައްސަލައަކީ ރައްޔިތުންނެއް ނޫނެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއެއްވެސް ނޫނެވެ. ސަރުކާރުގެ ދޯދިޔާ އިގުތިސޯދީ ސިޔާސަތެވެ. އިގުތިސޯދަށް އަންނަމުންއައި ބަދަލުތައް ދެނެގަންނަން ނޭގުމާއި އެޅޭ ޅައެއްޗެތި ގިނައީއެވެ. ނޭގުނު އެއްކަމަކީ ވެރިކަން ބަދަލުވުމުން އިގުތިސޯދަށް ބަދަލު އަންނާނެކަމެވެ. ދެވަނަކަމަކީ ދިވެހިންގެ މިލުކިއްޔާތެއްކަމުގައިވާ ރިސޯޓުތައް (ނުހައްގުން ލިބިފައިތިބި) ޓާކޫރުންގެ ކިބައިން ސަލާމަތްކުރަން ނޫޅުންކަމެވެ. ނުވާނެ، ނުކުރެވޭނެ ކަންތައްތަކުގެ ވާހަކަ ނުދައްކާށެވެ. ޑޮލަރު އެތެރެ ކުރެވޭނެ އިތުރު ދިމާލެއް ދެތިން މަހެއްގެ ތެރޭގައި ނުއުފެއްދޭނެއެވެ. ޒަކީމެން ތިބިހާ ހިދަކު ގަރުދިޔައެއްވެސް ރިހާކުރެއްވެސް ބޭރެއް ނުކުރެވޭނެއެވެ. މިކަން ހައްލުކުރެވޭނީ ރާއްޖެއަށް ލިބޭ ޑޮލަރު، ހާއްސަކޮށް ރިސޯޓުތަކަށް ލިބޭ ޑޮލަރު، ރާއްޖޭގެ ބޭންކުތަކަށް އެތެރެކުރެވިގެންނެވެ. މިކަމަކީ ބަޔަކު ރުހުމުގައި ކުރާނެ ކަމެއް ނޫންކަން މިދަނީ ފެންނަމުންނެވެ. ކިތަންމެ ބޮޑު ރޭޓެއް ހެދިޔަސް އެވެރިން އެތިބީ ރައްޔިތުން ލޭ ފެލާލައިގެން ނަމަވެސް ގިނަ ލާރި ހޯދޭތޯއެވެ. ރާއްޖޭގެ ރިސޯޓު އޯނަރުންނަކީ ދުނިޔޭގެ ފެންވަރުގެ މަލްޓި މިލިއަނަރުންނެވެ. އެވެރިންގެ ގެދޮރު ހުރީ ސިންގަޕޫރުގަޔާއި އޮސްޓުރޭލިޔާގަޔާއި އިގިރޭސިވިލާތު ފަދަ ތަންތަނުގައެވެ.

ރާއްޖެއަށް ލިބޭ ޑޮލަރު ރާއްޖެއަށް ވައްދާނީ ކިހިނެއް؟

މިދޭތެރެއަކުން ދީލަތި ސަރުކާރުގެ ސިޔާސީވެރިޔަކު ވިދާޅުވީ "ޓޫރިސްޓުން ޕެކޭޖު ގަންނަނީ ބޭރުގެ ޓުއައޮޕެރޭޓަރުންގެ އަތުންނޯ. އެހެންވީމާ، އެލާރި ޖަމާވާނީ ބޭރުގެ އެކައުންޓަކަށް ނޫންހޯ". އެއީ ތެދެކެވެ. އެހެން ވަނީ ރިސޯޓު މަކަރާއި ހީލަތުން އޮޅުވާލައިގެން (އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލައިގެން އުޅޭ ޒަކީގެ ބަހުންނަމަ، ބިޑުކޮށްގެން) ރިސޯޓުތައް ވެރިކޮށްގެން ތިބި ޓާކޫރުމެން އެތިބީ ފަރަންގީންނަށް ރިސޯޓުތައް ހިންގަން ދޫކޮށްލައިގެން ތަންމަތީގައި އޮވެގެން ލާރި ނުގާށެވެ. ދެން ފަރަންޖީ މީހުން ލާރި ޖަމާކޮށްދެނީ ޓާކޫރުމެންގެ ބޭރުގައި ހުންނަ ކޮންމެވެސް ބޭންކަކަށެވެ. އެހެންކަމުން މިކުރާ ވިޔަފާރިއަކީ އަބްދުއްލޯ ހަމީދުމެން އަތޮޅު ފިހާރަ ކުއްޔަށް ދީގެން ކުރި ވިޔަފާރި ކަހަލަ ވިޔަފާރިއެއް ނޫންހެއްޔެވެ؟ ކުޑަ އަގުގައި ނަގައިގެން ބޮޑުއަގުގައި އެހެން ބަޔަކަށް ދީގެން ނަފާނަގަނީއެވެ. އެހެންކަމުން ފުރަތަމަ ކަމަކީ ސެކަންޑު ޕާޓީ، ތާޑު ޕާޓީ ރިސޯޓު މެނޭޖްމަންޓުތައް އުވާލުމެވެ. ރިސޯޓުތައް ސަބްލީސް ކުރުން ހުއްޓުވުމެވެ. ދިވެހި ރައްޔިތުންގެ މިލުކަކުން ވަކިބަޔަކު މުއްސަދިވާން ދިނުމަކީ އިންސާފުތޯއެވެ؟

ދެވަނަ ކަމަކީ، ރާއްޖޭގެ ރިސޯޓުތައް ވިއްކާ ފަރާތްތަކުން ރާއްޖޭގައި ކުންފުނި ރަޖިސްޓަރީކުރުމާއި ބޭންކު އެކައުންޓު ހުޅުވުމަށް މަޖުބޫރުކުރުމެވެ. އޮންލައިން ޓުރާންސެކުސަންތަކާއި އޮފުލަން ޓުރާންސެކުސަންތައް ރާއްޖޭގެ ބޭންކުތަކުގެ ތެރެއިން ނޫނީ ނުކުރެވޭގޮތް ހަދަން ޖެހިއްޖެއެވެ. ރުހުމުގައެއް ނުކުރާނެއެވެ. އަދި ލިބޭ ފައިސާ އެއް ފަހަރާ ގައުމުން ބޭރު ނުކުރެވޭނެ ގޮތެއް ހެދުމެވެ. މިސާލަކަށް، ކުލަބް މެޑް ރާއްޖެ ބުރާންޗުން އެކަނި ރާއްޖޭގެ ރިސޯޓުތައް ވިއްކޭގޮތަށް ހެދުން. މިކަމަކީ ފަހަރުގައި ފުރީ މާކެޓު ޕޮލިސީ އާއި ނުސިޔާރު ކަމަކަށް ވެދާނެއެވެ. ނަމަވެސް، އެބަޔެއްގެ އިގުތިސޯދު ސަލާމަތްކުރަން އެބަޔަކު ޖެހެއެވެ. ވަގުތީ ގޮތުން ނަމަވެސް މިފަދަ ފިޔަވަޅު މިހާރު އަޅަން މަޖުބޫރުވެއްޖެއެވެ. 1998 ގައި މެލޭސިޔާގެ ބޮޑުވަޒީރު މަހާތީރު އައި.އެމް.އެފްގެ ލަފަޔާއި ދެކޮޅަށް އެޅި ފިޔަވަޅުތަކުން އިގުތިސޯދީ ބަލިމަޑުކަމަކުން މެލޭސިޔާ ސަލާމަތްކުރި ގޮތުން އިބުރަތް ލިބިގަންނަން ޖެހެއެވެ. މަހާތީރު އެޅި ފިޔަވަޅުތަކުން ބޭރުގެ އިންވެސްޓުމަންޓުތައް ގެއްލޭނެކަމަށް ބަޔަކު ބުންޏެވެ. ނަމަވެސް، އެހެންނެއް ނުވެއެވެ. މިފަދަ ކަމަކުން ކުލަބު މެޑެއް ރާއްޖެ ދޫކޮށްފައެއް ނުދާނެއެވެ. އެއާ ހިލާފަށް ރާއްޖޭގެ އޮފަރޭޓަރުންގެ ވިޔަފާރި ފުޅާވާނެއެވެ. މިކަން މިނިސްޓަރު އިނާޒަށް ވާނެ ހެއްޔެވެ؟ ނުވެއްޖެނަމަ، ޑޮލަރު 20 ރުފިޔާއަށް ވެސް އަރާނެއެވެ! މިހާރު ތިޔަ އޮތީ ގެރި ލޮނުމެދު ކައިގެންނެވެ. ކޮންމެގޮތެއް ހަދައިގެން ނަމަވެސް މައިތިރި ކުރަންޖެހިފައެވެ.
އަންނި ހޮޕް. ހޮޕް.

Wednesday, April 27, 2011

ގައްދާރުންގެ ކިބައިން އެމްޑީޕީ ސަލާމަތްކުރޭ!

އެމްޑީޕީގެ އިންތިހާބު އެ އަންނަނީ ބޯމަތިވަމުންނެވެ. މިފަދަ ދަޑިވަޅެއްގައި ރައްޔިތުންގެ ދުންމަނުންނަކީ ނުވަތަ ހާއިނުންނަކީ ކޮންބަޔެއްކަން އެގެން ޖެހެއެވެ. ހާއިނުންގެ މަކަރުވެރި ދަލުގައި ޖެހި ހެއްލުމަކީ އެތަނެއްގެ ހަލާކެވެ. ރައްޔިތުން ހޭލުންތެރިވާން ޖެހެނީ އެހެންވެގެންނެވެ.

ރައީސްކަމަށް ލައިގެން އުޅޭ އިބްރާހީމް ހުސެން ޒަކީ އަކީ ކޮރަޕްސަނުގެ ފެނުން ހިނެއިގަނެގެން ހުރި ރައްޔިތުންގެ ހައިނެކެވެ. މާބޮޑު ރިފޯމިސްޓަކަށް ވީ ކަޓުނަގާނަގާ މައުމޫނަށް ބަލާބޮޑުވެގެން މިނިސްޓަރުކަމުން އެއްލާލުމުންނެވެ. އެއިގެ ކުރީގައި މައުމޫނު ވަރެއްނެތެވެ. "މޭން ފޯ އޯލް އައިލެންޑު" މައުމޫނަށް ލިޔެދިނީވެސް މީނަގެ ހިއްސާއަކާއި އިސްނެގުމެއްގެ ދަށުންނެވެ. ރާބޮއިގެން އަންހެން ކުދިން ގޮވައިގެން ރިސޯޓުތަކުގައި މިނިސްޓަރަކަށް ހުރެ މަޖާނެގިކަން އެއީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. ރައްޔިތުމީހާ 300 ޑޮލަރު ދީފައި އިންޑިޔާއަށް ފޮނުވާއިރު މައުމޫނު ޒަކީ ހިތުގެ އޮޕުރޭސަނަށް ރައްޔިތުންގެ ލާރިން ފޮނުވީ އިގިރޭސިވިލާތަށެވެ. ސަންލޭންޑަށާއި އަތަމާއަށް ނުހައްގުން ރިސޯޓުތައް ބަހާ ހެދީ މިކަލޭގެ މިނިސްޓަރުކަމުގައި ބައި އެޅޭގޮތަށެވެ. ރައީސްކަން ލިބިއްޖެނަމަ އެއް ހާސް މެމްބަރުން އިތުރުކުރާނެކަމަށް ބުނެއެވެ. ބަލަ، މިހާރު ތިޔަހުރީ ރައީސްކަމުގައި ނޫންހެއްޔެވެ؟ މިހާރު ނުވިކަމެއް ފަހުން ކުރާނެ ގޮތެއް ބުނެދިބަލާށެވެ.

ނައިބު ރައީސްކަމަށް ލައިގެން އުޅޭ އަލްހާން ފަހުމީގެ ވާހަކަ ދެއްކުމެއް ނެތެވެ. އޮރިޖިނަލް މުނާފިގެކެވެ. އެމްޑީޕީއަށް އައީ ސަރަގޭ ލާރިގަޑެއް ދީގެންނެވެ. އެއް މިލިއަން ރުފިޔާއޭ ބުނެއުޅެތެވެ. ޑިއާރުޕީގައި ހުރެގެން މައުމޫނަށް ސަނާކިޔުމުގައި އެވަރެއް ނެތެވެ. މިހާރު ބުނަނީ ރިފޯމް ގެނައީ އަހަރެމެންނެވެ. ސަރުކާރު ބަދަލުކުރީ އަހަރެމެންނޯލައެވެ. މިސްރުގައި އުޅެގެން ގާނޫނީ ޑިގުރީ ނުނިމުނު ގޮތް މިކަލޭގެ ކުރިން އަހާ ބާލާށެވެ.

އޮޅިގެންވެސް މިދެ ހާއިނުންނަށް ވޯޓު ނުލައްޗެވެ. އެހެން ކޮންމެ މީހަކުވެސް ރަގަޅުވާނެއެވެ.

އަންނި ހިތާވެގެން އުޅޭ މަރިޔާވެސް މިއީ އެމްޑީޕީއަށް ޖެހިފައިވާ ބައްޔެކެވެ. ބައި އިލެކްސަނަކުން ގޮޑިއަށް ސަވާރުވިގޮތަށް މުއްދަތު ހަމަވި އިރުވެސް ގޮޑިން ފައިބާކަށް ނޫޅެއެވެ. މިއަދު އެމްޑީޕީ ބަދުނާމުވަމުން ދާ އެއް ސަބަބަކީ މިމާރިޔާއެވެ. ދީދީމެންގޭ ކުދިން ބޮޑެތި މަގާމުތަކަށް ލައިގެންނެވެ. ލަވަކިޔާ ހައުލާ ފޮރިން މިނިސްޓަރުގެ ނައިބުކަން ފުރަނީ ކާނާގެ ބާވަތްތަކާބެހޭ ޑިގުރީ ކޯހެއް ހަދައިގެންނެވެ. ލަވަކިޔާ މިފުޒާލު އެހުރީ ދައުލަތަށް ލިބެންޖެހޭ ބޭރު އިންވެސްޓުމަންޓެއް އަމިއްލަކޮށްލައިގެންނެވެ. އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން މާރިޔާގެ ގޮޑި އެވަނީ މިހާރު މުއްދަތު ހަމަވެފައެވެ. ނަމަވެސް، އަންނި ވާ ލޯތްބެއްގެ ބޮޑުކަމުން ގޮޑީގައި ބައިންދާގެން އުޅެނީއެވެ.

Tuesday, April 19, 2011

ތުރުކީގެ ބޮޑުވަޒީރު: ބޯމަތީ ފޮނިކާ އެއްޗެތި ވިއްކަންއުޅުނު ކުއްޖާ!

(އެޑިޓޯރިއަލް ނޯޓް: ޔޫރަޕުގެ ބަލިމީހާ (ތުރުކީ) މިއަދު އެވަނީ ބޮޑުވަޒީރު އުރުދުކާނުގެ ޒައާމަތުގެ ދަށުން އެންމެ ކުރިއަރަމުން އަންނަ އެއް އިގުތިސާދަށް ހަދާފައެވެ. ކުރިން ޑޮލަރަށް ޖެހެނީ އެއް މިލިޔަން ތުރުކީ ރުފިޔާއެވެ. މިއަދު އެއް ޑޮލަރަކީ 1.3 ތުރުކީ ރުފިޔާއެވެ. ޅައުމުރުގައި ވެރިރަށް އިސްތަންބޫލުގެ މަގުމަތީގައި ފޮނިކާ އެއްޗެތި ވިއްކަންއުޅުނު އުރުދުކާންގެ ޕާޓީ ޑިވެލޮޕްމަންޓް އެންޑް ޖަސްޓިން ގެ ނަން އެގެންދަވަނީ ސާބިތުކޮށްދެމުންނެވެ. ދައުލަތުގެ ފަރާތުން ބޮޑުވަޒީރަށް ހުންނަ ގެކޮޅު އަމިއްލައަށް ދޫކޮށްލައްވާ އަމިއްލަ ގޭގައި އުޅުންވާ އުރުދުގާނު އެގެންދަވަނީ ތިމާގެ ޕާޓީގެ ނަމުން ދޭހަވާ ތަރައްގީ އާއި އިންސާފު ގެނެސްދެމުންނެވެ. އެމްޑީޕީއަށް މިގައުމު ރިފޯމުކޮށްދެވިއްޖެހެއްޔެވެ؟ ތިލަފަތުގައި ބުނާ އިންސާފު ހޯދައިދެވިއްޖެހެއްޔެވެ؟)
ތުރުކީގެ ދަސްތޫރަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނަސް ކުރިޔަށްއޮތް ދިހަ އަހަރުތެރޭގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ދިހަ ޤައުމުގެ ތެރޭން އެއްޤައުމު ކަމުގައި ތުރުކީ ހައްދަވާނެ ކަމަށް ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެވެ.

އުރުދުޣާންގެ އިސްލާމީ ޚިޔާލުގެ ޕާޓީ ކަމަށްވާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ ތުރުކީގެ ދަސްތޫރަށް އިސްލާޙީ ބަދަލުތައް ގެންނަނީ ތުރުކީގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށާއި މިނިވަންކަން އިތުރުކުރުމަށް ކަމުގައެވެ. އިތުރަށް ވިދާޅުވޭ

Monday, April 18, 2011

ޔާމީނަކަސް ރަނގަޅު ވާހަކައެއް މިފަހަރު އެބުނީ.

 -        ޑޮލަރުގެ އަގު ތިރިއެއް ދެނެއް ނުވާނެ. ނަމަވެސް، ހަދާންކުރާތި ޔާމީނަކީ ހުރިހާ އާރާއި ބާރު ހުރި ދުވަސްވަރު ރައްޔިތުންގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތައިގެން އުޅުނު މީހެއް.
-          ސަން ނޫހުގައި އޮތް މައުލޫމާތެއް އަހަރެމެން ރަނގަޅުކޮށްލާނަން މިތަނުގައި. ޔާމީނު ހެދީ ފަސްޓު ޑިގުރީއެއް ލުބުނާނުގެ އެމެރިކަން ޔުނިވަސިޓީ އޮފް ބެއިރޫތުން. އެއީ ބިޒުނަސް އެޑްމިސްޓުރޭސަންގެ ދާއިރާއިން. ދެން މަތީ ތައުލީމުން ޑިޕުލޮމާއެއް. މާސްޓާސްއެއް ނޯންނާނެ. ޕީއޭގެ ސައިޓުގައި އެއޮތީ ދޮގެއް! ކުރިން ލިޔެފައި އޮތީ ޑިޕުލޮމާއެކޭ ފަހުން ބަދަލު ކުރީ ޑިގުރީއަކަށް.

ރުފިޔާގެ އަގު ސަރުކާރުން ވައްޓާލީ އިގުތިސާދީ ސިޔާސަތު މުޅިން ފެއިލްވެ، ގޮތްހުސްވުމުން ކަމަށާއި ދެން ދުވަހަކުވެސް ބާޒާރުގައި ޑޮލަރުގެ އަގު 12.85ރ. އަށް ވުރެ ތިރިއެއް ނުވާނެ ކަމަށް އިދިކޮޅު ޕީޕަލްސް އެލައަންސް )ޕީއޭ(ގެ ލީޑާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޑީއާރްޕީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނުން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، ސަރުކާރުން ޑޮލަރުގެ އަގު 10.28ރ. އާއި 15.42ރ. އާ ދެމެދުގެ ބޭންޑެއްތެރޭ ވިއްކާ ގޮތަށް ހަމަޖެއްސީ، ކަޅުބާޒާރުގައި ބޮޑުއަގުގައި ޑޮލަރު ވިއްކުމުގެ މައްސަލަ ފާއިތުވި ދެ އަހަރުތެރޭވެސް ސަރުކާރަށް ހައްލުނުވުމުން، އެންމެފަހުން އެ ޑޮލަރުކޮޅު "ނީލަން" ކިޔުމުގެ ބޭނުމުގައި ކަމަށެވެ. ސަން ނޫހުން އިތުރަށް ވިދާޅުވޭ

 
Web Statistics