Tuesday, March 24, 2009

އައްނިގެ މައްޗަށް މާރިޔާދީދީގެ ނުފޫޒު

ސަރުކާރު ބަދަލުވުމާގުޅިގެން ތިމާގެ ފެންވަރު އޮޅިގެން އުޅޭ އެކަކީ މާރިޔާދީދީކަމަށް އެއްބަޔަކު ބުނަމުން ގެންދެއެވެ. ސަބަބުތަކެއްވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ފުލުހުން އެމީހުންގެ ގާނޫނީ ވާޖިބު އަދާކުރުމަށް ދާދިފަހުން ހުރަސްއަޅައި، ފުލުހުންނަށް މަލާމާތްކޮށް، ނުވިތާކަށް ފުލުހުންގެ ޝަކުވާއާއިގެން ތަންތަނަށް ދިޔުން ހިމެނެއެވެ. މާރިޔާމެން ގާނޫނީ ދާއިރާއިން ކިޔަވައިގެން ތިއްބެއްކަމަކު، ދައުލަތުގެ މުހިއްމު މުއައްސަސާއެއްކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ސެކިޔުރިޓީ ބެލެހެއްޓުމަކީ ފުލުހުންގެ ގައުމީ ވާޖިބެއްކަމާއި ކޮންމެ ކޮންމެ މީހަކަށް ހުއްދަނެތި ވަދެވިގެން ނުވާނެކަން ވެސް ނޭގުނެވެ. އަދި މަޖިލީހުގެ މެމްބަރެއްކަމަކު ނުވަތަ އެހެން މީހެއްކަމަކު އެމީހަކީ ކާކުކަން މަޖިލީހުގެ ފޯރިމަރަން ތިބޭ ފުލުހުންނަށް ބުނެދިނުމަކީ ތަނުގެ ރައްކަލަކަށް ފުލުހުން ކުރާކަމެއް ކަންވެސް ނޭގުނެއެވެ. ނޭގޭކަމަށް ހެދީ ތޯއްޗެކެވެ!

މާޒީއަށް ޖެހިލާއިރު، މާރިޔާދީދީ އަކީ އެޓާނީ ޖެނެރަލް އޮފީހުގައި ކުރީގެ ރައީސް މައުމޫނު ވިދާޅުވިހާ ގޮތަކަށް މައްސަލަތައް ގެންދަވަން ހުންނަ އެތަނުގެ ވެރިއެކެވެ. ރައީސް މައުމޫނާ ވަރަށް ގާތް ގުޅުމެއް ބާއްވައެވެ. އެގޮތުން ރައީސް މައުމޫނުގެ މެމްބަރުކަން ވަނީ ރައްޔިތުންގެ މަޖިލީހުގައި ކުރައްވައި، މައުމޫނު ބޭނުންވާހާ ގޮތަކަށް ވޯޓުދެއްވައި ޒިންދަބާދު ކިޔުއްވާފައެވެ. މަތިމައްޗަށް ޕުރޮމޯޝަންތަކާއި ކުރިއެރުން ލިބެމުންދިޔައެވެ. ނަމަވެސް، ރައީސް މައުމޫނާ މެދު ނަފްރަތުކުރެވެން ފެށީ ދިވެހިރާއްޖޭގެ ފުރަތަމަ އަންހެން ބާންޑާރަނައިބަށްވުމުގެ ހުވަފެންފުޅުގައި ހުންނަވަނިކޮށް ޑރ ހަސަން ސައީދު ބަންޑާރަނައިބުކަމަށް އިސްކުރެވި މާރިޔާގެ ބޭނުން ނެތިގެންދިޔަ ހިސާބުންނެވެ. ނަމަވެސް، ހުޅުކޮޅު ރޯވީ ތިމާއަށް ވުރެ މާ ދަށް މަގާމެއްގައި ހުރި ދިޔާނާ ސައީދު ބަންޑަރަނައިބުގެ ނައިބަކަށް އައްޔަންކޮށް އޭނާގެ ދަށުން މަސައްކަތްކުރަންޖެހުމުންނެވެ. މިއީ ފިސާރި ދޮގެކޭ މާރިޔާ ބުނެބަލާށެވެ!

ދާދިފަހުން މާރިޔާދީދީގެ ނުޒޫފުންވަނީ ވަރަށް ގިނަ މަގާމުތަކެއް އަންނި ގާތުބުނެގެން ތިމާގެ ގާތްތިމާގެ އެތައް ބަޔަކަށް ބަހާފައެވެ. އިއްޔެ އިވިގެން ދިޔައީ މާރިޔާދީދީގެ އެއްބަޑު އެއްބަފާ ކޮއްކޮ ހައުލާ ދީދީއަށް ފޮރިން މިނިސްޓަރުގެ ނައިބުކަން ދިން ހަބަރެވެ. އަނެއް ކޮއްކޮ ހުރީ ރައީސް އޮފީހުގައި މިނިސްޓަރުގެ ނައިބު ފެންވަރުގައި އަންޑަ ސެކެރެޓަރީގެ މަގާމުގައެވެ. އިގިރޭސިވިލާތަށް ކަނޑައެޅި ސަފީރު ޑރ. ފަރުހުނާޒު ފައިސަލަކީ މާރިޔާގެ ފަހަރިއެވެ. (ފަރުހުނާޒުގެ ބޭބެއަކީ އަމީން ފައިސަލެވެ.) މާރިޔާގެ ނުޒޫފު އަންނިގެ މައްޗަށް ހުރިވަރު ނިކަން ދެކެބަލާށެވެ. މިއީ އަންނި ބުނެގެން އެމްޑީޕީގެ ޗެއާޕާސަންކަމާ މާރިޔާދީދީ ހަވާލުވުމުން އެކަމުގެ ކައްފަރާތޯއެވެ؟ އެމަގާމުތަކަށް އެކަށޭނަ އެހެން މީހުން ހުސްވީތޯއެވެ. އެހެން ބަޔަކަށް ފުރުސަތެއް ހަމަ ނެތީ ހެއްޔެވެ؟ ކުރިންވެސް މާރިޔާދީދީމެން، މިހާރުވެސް މާރިޔާދީދީމެން ތޯއެވެ؟!

0 comments:

 
Web Statistics