Saturday, March 7, 2009

މަސްވެރިންގެ އާދޭސްތަކަށް ސަރުކާރުން ބީރުކަންފަތެއް ދެނީ!

އިއްޔެ ފެށުނު މަސްވެރިންގެ މުޒާހަރާއަކީ ގިނަ ދުވަސްތަކެއްވެފައިވާ މަސްވެރިންގެ ޝަކުވާތަކެއް ބަންޑުންކޮށްލި ދުވަހެކެވެ. އެމީހުންގެ މައިގަނޑު އާދޭހަކީ ސަރުކާރު ކުންފުނިން މަސްވެރިންގެ އަތުން ކަންނެލި ގަންނަ އެންމެ ކުޑައަގަކީ 45 ރުފިޔާއަށް އަދި ކަނޑުމަސް 10 ރުފިޔާއަށް ހަދައިދިނުމަށާއި، ސަރުކާރު ކުންފުނިން މާކަނޑުތަކުގައި މަސްވެރިކަން ކުރުން ހުއްޓާލައި މަސްވެރިންނަށް ސަރުކާރަށް މަސްވިއްކޭނެ ފުރުސަތުދިނުމަށާއި، ތެލުގެ އަގުހެޔޮކުރުމުގެ ގޮތުން ތެޔޮ ވިއްކުމުގައި މެދުވެރިންގެ ރޯލުކުޅޭ ފުއެލް ސަޕްލައި (އެފް އެސް އެމް) އުވާލުމަށާއި، ދާއަޅައިގެން މަސްވެރިކަންކުރުމަށް އޮންނަ ހުއްދަ އުވާލުމަށާއި، މަސްދޯނިތަކުގައި ބިދޭސީން ގެންގުޅުން މަނާކުރުމަށާއި، މަސްމާރުކޭޓު ސަރަހައްދުން ތެލާ، ފެނާ، އައިސް ލިބޭނެ ގޮތެއް ހަމަޖައްސައިދިނުމެވެ.

މީގެ ތެރެއިން ގިނަ ޝަކުވާތަކަކީ ހަގީގަތުގައި ރައްޔިތުންގެ ސަރުކާރަކުން ރައްޔިތުން އެކަމަކައިގެން ޝަކުވާކުރުމުގެ ކުރިންވެސް ހައްލު ހޯދައިދެވިފައި ހުންނަންޖެހޭ ކަންތައްތަކެވެ. މިސާލަކަށް ބުނާނަމަ، މަސްދޯނިތަކުގައި ބިދޭސީން ގެންގުޅެވެނީ ސަރުކާރުގެ ކަމާބެހޭ އިދާރާގެ އިހުމާލުންނެވެ. ނުވަތަ އެކަމާ ފިޔަވަޅު ނާޅައި މިއޮތްހައި ދުވަހު އެތިބީ ކޮންމެވެސް ބަޔެއްގެ ހާއްސަ މަސްލަހަތެއް އެކަމުގައި ހިމެނޭތީވެއެވެ. މިއީ މިއަދުން މިއަދަށް ވެސް މަނާކުރެވެން ޖެހޭ ކަމެކެވެ. ކޮންމެހެން މަސްވެރިން މަގުމައްޗަށް ނުކުމެ، ހަޅުތާޅުކޮށް، އަޑުގަދަކޮށް ރޮއި ހޭރެން ޖެހިގެންވާނެ ކަމެއްނޫނެވެ. ނަމަވެސް، ހިތާމަކީ ރައީސް ނަޝީދުގެ ސަރުކާރުން މަސްވެރިންގެ އާދޭން އަހަން ބޭނުންނުވާކަން ދޭހަވާގޮތަށް "ތިޔައީ މަސްވެރިންނެއް ނޫނޯ. މަސްވެރިންގެ ޖަމްއިއްޔާތައް ހުންނާނެޔޯ. ތިމަންމެނަށް ވާހަކަ ދެއްކޭނީ އެމީހުންނާ އެކަންޏޯ. ޖަވާބުލިބޭނީ ލިޔުމުން ހުށައެޅީމާ ލިޔުމުންނޯ.." ރައީސް ނަޝީދުގެ މީޑިޔާއާބެހޭ ސެކެރެޓަރީ ޒުހޭރު ވިދާޅުވުމުންނެވެ.

އަޖައިބުވެ އަންތަރީސް ނުވާނެތޯއެވެ. ރައްޔިތުންގެ ލާރިން މުސާރަ ދީފައި ތިބި ބަޔަކު އެމީހުންގެ ޒިންމާ ރަނގަޅަށް ނުއުފުލާތަނުގައި އެވާހަކަ ބުނަންވެސް މިޖެހެނީ އެކަމަށް އެޕޮއިންޓުމަންޓުހަދައިގެން ނޫނީ ލިޔުމުންނެވެ. ބަލަ، ތިމާމެންނަށް ރައްޔިތުން ލާރިދީފައި ތިޔަތިބީ ގައުމު ރަނގަޅަށް ހިންގަންކަންދަނެ އެކަންކުރެވޭތޯ ބަލާށެވެ. ބަޔަކު ތިމާމެން ކުރަންޖެހޭ ނަމަވެސް ނުވެފައިހުރި ކަންތައްތައް ހަދާންކޮށްދޭތީ އެކަމަށް ޝުކުރުވެރިވެބަލާށެވެ. ނޫނީ އެމަސްއޫލިއްޔަތު އަދާކުރެވޭނެ އެހެން މީހަކަށް ފުރުސަތުދޭށެވެ. ޒުހޭރުމެން ދައްކާ މިކަހަލަ ބަހަނާތަކަކީ މައުމޫނުގެ ސަރުކާރުން ދަސްކޮށްގެން އުޅޭ ޒާތުގެ ހާސަރުތަކަކެވެ. ހަދާނަށް އަންނަނީ އަންނިމެން މުޒާހަރާކޮށް ސަރުކާރާ ދެކޮޅަށް އަޑުއުފުލާ އުޅުނުއިރު އެކަމާގުޅިގެން ބޭރުމީހުންނަށް އެމައުލޫމާތު ދޭއިރު މައުމޫނުގެ ވަޒީރުން ވެސް ބުނެއުޅުނު "އެއީ އެންމެ ދެތިން މީހުންނޭ.. ގިނަމީހުން ތިބީ މިވެރިކަމާ ރުހިގެންނޭ.. އެވެރިންގެ މައިންބަފައިންނަކީވެސް ވެރިކަމާ ކޯޅުނު ބަޔެކޭ.. އެމީހުންގެ ތާއީދެއް މިރާއްޖެއަކު ނެތޭ" ފަދަ ބަސްބަހާއެވެ. ޒުހޭރުމެންގެ ލަދު މިއަދު ކޮބައިތޯއެވެ؟

މުޒާހަރާއާ ގުޅޭ ފޮޓޯތައް

3 comments:

Anonymous said...

lol ur a joke...fen mathigandeh bandun kollaa gothah dhoa umar ehedhy...hama egothah bandun kollee...

Anonymous said...

bala maumoon verikauga hurimana thiya dhoani mathee masveriyakah vegen udafain ineehee anni ey. umar veema haadha kada thikoh lanee? adhaige aailaage dheravaru sorakah veemaa hasadhavanee dhoa? bunan vaahakaeh. verikamuga mihaaru theenee anni kaigen araa in beyri eh.

Anonymous said...

zuhair thee hama juhaa. thaaku huri marumoaleh. mikahala democrasy neygey meehun govaigen kon anei raaje akah dheveynee. umar zindhabaadhu. masverin zindhabadhu

 
Web Statistics