Tuesday, April 7, 2009

ކުށްވެރިންނަށް ވޯޓުލެވުމަކީ މިނިވަނުންނަށް ކުރެވޭ މަލާމާތެއް

ލިޔުނީ އިބްރާހީމް ނައީމް

ޖަލުގެ ބޭނުމަކީ ކުށްވެރިންނަށް އަދަބެއް ދިނުމެވެ. އެއަދަބަކީ މިނިވަނަށް ލިބިފައިވާ އަސާސީ ހައްގުތަކުގެ ތެރެއިން ބަޔެއް އެމީހުންގެ ކިބައިން މަރުހޫމު ކުރުމެވެ. ނުވަތަ ވަގުތީގޮތުން ހިފެހެއްޓުމެވެ. ޖަލުން މިނިވަންވެ އެމީހަކަށް ދެވިފައިވާ މުއްދަތެއް ހަމަވަންދެކަށެވެ. އެކަން ޖަލަށް ލެވޭ މީހުން ގަބޫލުކުރަން ޖެހޭނެއެވެ. މިނިވަނެކޭ އެއް ފަދައިން ހުރިހާ އަސާސީ ހައްގުތަކެއް ލިބި، އާދައިގެ މީހަކަށްވުރެ އަރާމާއި އުފަލުގައި އުޅެވޭ ތަނަކަށް ޖަލުވާނަމަ ޖަލަށް މީހުން ލުމުގެ އެއްވެސް މާނައެއް ނެތެވެ. މިމޭރުމުން، ޕޯލް ސެލޫސީ، އެމެރިކާގެ މަޗަސުސެޓްގެ ކުރީގެ ގަވަނަރު ވިދާޅުވަނީ "އެމީހުން (ޖަލުގައި ތިބޭ ކުށްވެރިން) ޖަލުގައި މުއްދަތު ހަމަކުރަމުން ދާއިރު ވޯޓުލެވިގެން ނުވާނެއެވެ. އެއީ އެކަމާ ބަޔަކު ބަހުސެއް ކުރުމުގެ ބޭނުމެއް އޮތްކަމެއް ނޫނެވެ. ޖަލަކީ އަދަބެއް ލިބުމަށް ދާތަނެކެވެ. ޖަލުގައި ހުންނަ ހުރުމުގައި ވޯޓުލުމުގެ ހައްގު ވަގުތީގޮތުން ހިފެހެއްޓުމަކީ އެއަދަބުގެ ބައެކެވެ."

ކަންމިހެން އޮތްއިރު، ދިވެހިރާއްޖޭގައި ދޭތެރެ ދޭތެރެއިން ޖަލުގައި ރޯކޮށް، މާރާމާރީ ހިންގައި، މަސްތުވާތަކެތި ފާޅުގައި ބޭނުންކޮށް، އެއްޖިންސުން ގުޅުން ހިންގައި، ޖަލު ބަހައްޓަން ތިބިމީހުންނަށް ޖަލު ނުބެލެހެއްޓިގެން އުޅޭއިރު އަހަރެމެން މިއުޅެނީ އެމެރިކާގަޔާއި ހުޅަގުގެ އެހެން ގައުމުތަކުގައި ވެސް އަދިވެސް ބަހުސްކުރެވެމުންދާ މައްސަލައެއް ކަމަށްވާ 'ޖަލުގެ ކުށްވެރިންނަށް ވޯޓުލެވެންޖެހޭތޯ ނުވަތަ ނޫންތޯ' އަށް ގޮތެއް ނިންމާފައެވެ. އަހަރެމެންގެ މޮޔަކަން ނިކަންދެކެބަލާށެވެ. އިންސާނީ ހައްގުގެ ނަމުގައި މިނިވަނުންނަށް ވުރެ ގިނަ ހައްގުތަކެއް ޖަލުގެ ކުށްވެރިންނަށް މިއަދު މިވަނީ ދެވިފައެވެ. އެވެރިން ޖަލުގެ ތެރޭގައި މިނިވަންކަމާއެކު އެކީ އެކިކަހަލަ މަޖާނަގައި، ޓީވީ ބަލައި، ކޮމްޕިޔުޓަރު ކުޅެ، މޫދުން މަސްހިފައި ކައިބޮއިހަދާ، ރައްޓެހި ތިމާގެ މީހުންނާ މޮބައިލު ފޯނުން ވާހަކަދައްކާލައި ހުސްވަގުތުތައް ފުރަމުން، މާފުށީ ރަށުގެ ގިނަ އާއިލާތަކަށް ވެސް ނުލިބޭ ފެންވަރުގެ ނާސްތާ ކާލައިގެން، މިނަރަލް ފެންބޮއިގެން އެއިން ފެންވަރައިގެން އުޅުމަކީ އަދަބަކަށް ވުރެން އިއްޒަތްތެރިންނަށް ދެވޭ ފެންވަރުގެ މެހެމާންދާރީއެކޭ އަހަރެމެން ބުނުން މާރަނގަޅުވާނެއެވެ.

އޭއް އިލެކްސަން ކޮމިސަނުގެ މެމްބަރުންނޭވެ. ކުށްވެރިންނަށް އެމީހުންގެ ޖަލުގެ މުއްދަތު ފުރަމުން ދާ ދިޔުމުގައި ވޯޓުލެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި އެބައޮތް ހެއްޔެވެ؟ ނުވަތަ އެހެން ބުނެ ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށްފައި އެބައޮތްހެއްޔެވެ؟ ނިކަން ދައްކަބަލާށެވެ؟ ގާނޫނަކުން ލިބިދީފައި ނުވާ ބާރެއްގެ ބޭނުންކޮށް، ގާނޫނާ ހިލާފު ކަންތައްތައް ކުރަން ނޫޅޭށެވެ. ޖަލުގެ ކުށްވެރިންނަށް ވޯޓުލާން ފުރުސަތު ދިނުމުގެ ކުރިން އެކަމާގުޅޭ ގާނޫނެއް މަޖިލީހުން ފާސްކުރުވާށެވެ. މީހުން މަރައި، އެތަކެއް ބަޔެއްގެ ހައްގު ފޭރިގަނެ، އުމުރަށް ޖަލަށް ލެވިފައިތިބި ބަޔަކު ގައުމުގެ މުސްތަގުބަލާމެދު ވިސްނައި، އަންނަން އޮތް ޖީލުތަކަށް ނުވަތަ މިނިވަނުންނަށް ލާބަހުރި ގޮތަކަށް ޒިންމާދާރުކަމާއެކީ ވޯޓުލާނެ ކަމަށް ހީކުރަނީ ހެއްޔެވެ؟ ބަލަ ހަމަހޭގައި ތިބެ، ބުއްދި ފިލާދިޔައީ ހެއްޔެވެ؟ އެހެންކަމަށްވާނަމަ، ޖަލުގެ ކުށްވެރިންނަށް ވޯޓުލާން ދިނުމަށްވުރެ ގުރައިދޫގައި ތިބިމީހުންނަށާއި މިގައުމުގެ ކުޑަބޮޑު އެންމެންނަށް ވޯޓުލުމުގެ ހައްގުދިނުން މާއައުލާކަންބޮޑެވެ.

1 comments:

Anonymous said...

please publish

އިތުރު ފްރޮވިންސުގެ ސްޓޭޓް މިނިސްޓަރު ތިލްމީޒާ ހުސޭން ހުތްވެއްޖެ!

9 އެޕްރީލް ވީ ދުވަހުގެ ރޭ އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރު ތިލްމީޒާ ހުސޭން ނ. އަތޮޅުގެ ވެރިކަންކުރާ ރަށް މަނަދޫގައި ރައްޔިތުންނާ ބައްދަލުކޮށްލުމުގެ ބޭނުމުގައި ބޭއްވި ބައްދަލުވުމެއްގައި އަގަ ސަކަރާތްވެ ހުތްވެއްޖެއެވެ. މިބައްދަލުވުމަކީ ނިސްބަތުން ވަރަށް މަދު މީހުންކޮޅެއް ދިޔަ ބައްދަލުވުމަކަށް ވިޔަސް އެމީހުން ކުރި އެއްވެސް ސުވާލަކަށް އެކަށީގެންވާ ޖަވާބެއް ސްޓޭޓް މިނިސްޓަރަށް ވަނީ ނުދެވިފައެވެ. ބައްދަލުވުމަށް ހާޒިރުވީ މީހުންގެ މައިގަނޑު ޝަކުވާއަކީ އުތުރުގެ ފްރޮވިންސާބެހޭ ތަރައްގީގެ ޕްލޭން ހެދިފައިވާއިރު، ކުރީ ވެރިކަމެކޭ އެއްފަދައިން އަނެއްކާ ވެސް ނ. އަތޮޅު ބާކީކުރެވިފައިވާ ކަމުގެ ޝަކުވާއެވެ. އަނގަ ހުތްވެ، ބުނާނެ އެއްޗެއް ނޭގިގެން އެންމެ ފަހުން ބުނިކަމަށް ވަނީ ތިޔަ ޕްލޭނުތަކަކީ އަދި ފައިނަލް އެއްޗެހިތަކެއް ނޫން ކަމަށެވެ.

އެބައްދަލުވުމަށް ދިޔަ އެއްބަޔަކު ބުނީ އުތުރުގެ ޕްރޮވިންސާބެހޭ ތަރައްގީގެ ޕްލޭނާ ބެހޭ އެކެއްޗެއްވެސް މީނައަކަށް ނޭގޭކަމަށެވެ. އަތޮޅުގެ ރައްޔިތުންނާ ބައްދަލުކުރަން ދާށޭ ކޮންމެވެސް މީހަކު ބުނުމުން ބަޔަކު ގޮވައިގެން ގޮސް ހުރީކަމަށެވެ. އަނެއްބަޔަކު ބުނީ ތިލްމީޒާއަކަށް އޭނާ އާ ހަވާލުކުރެވިފައިވާ އަތޮޅުތަކުގެ ހާލު ނޭނގޭކަމަށާއި ތިމާގެ ކިބައިގައި ހިންގުމުގެ ހުނަރެއް ހުރިނަމަ އެފަދަ ޕްލޭނެއް ހަދާނީ އެއަތޮޅުތަކުގެ ރައްޔިތުންގެ ހިޔާލުހޯދައި އެމީހުންގެ އަޑުތައްވެސް އެހުމަށްފަހުގައި ކަމުގައެވެ. އެމީހުންނަށް ނޭގުނީ ތިލްމީޒާ ހުސޭނަކީ ހަމައެކަނި ކައިވެންޏަށްޓަކައި ބަފައިބެ ރުއްސާލުމަށްޓަކައި އިސްލާމުވި އެމެރިކާގެ ފަރަންޖީއަކާ އިދެގެން މިއޮތްހައި ދުވަހު އެމެރިކާގައި އުޅުނު މީހެއްކަމެވެ. އަދި އެމެރިކާގެ މިނިވަން ޖައްވުގައި ނައިޓުކުލަބުތަކުގައި މަޖާނަގަން އުޅުނު އަންހެނެއްކަމެވެ. ރައީސް ނަޝީދަށް އަބަދުވެސް ކަމުދަނީ ހުޅަގުގެ ވައްޓަފާޅިއަށް އުޅޭ ދަބަރު އިސްތަށިގަޑުގެ ވެރިޔާ ފަރުހުނާޒު ފައިސަލާއި މިކަހަލަ މީހުންނެވެ.

ކުރީގެ ސަރުކާރުން ނ. އަތޮޅު ބާކީކޮށްފައި އޮތްގޮތަށް ބާއްވަންޏާމު މިފަހަރު މަޖިލީހުގެ އިންތިހާބަށް އެމްޑީޕީގެ މެމްބަރުން ހޮވާށެވެ. ސްޓޭޓު މިނިސްޓަރަކަށް މަނަދޫ ތޯރިގު އައްޔަންކުރުމުން ވީވަކި މޮޅެއް އެބައޮތްހެއްޔެވެ؟ ނ. އަތޮޅު ހިމެނޭ ތަރައްގީގެ ޕްލޭނު ހެދިއިރު ތޯރިގުކުރެން ކަހަރިވަކޭތޯ ވެސް އަހައެއް ނުލައެވެ. ދެން، އޭނާގެ އުފަންރަށުގެ ކަންތައްތައް ރަނގަޅުކުރަން ރަށު ކައުންސިލަރާއި ވަފުދެއް ގޮވައިގެން މާލެގޮސް، މިނިސްޓަރުންގެ ފައިންފުޅުދޮށަށް ސަލާންޖަހަންގޮސްފައި، ދެން ޖެހިގެން އައި އެމްޑީޕީގެ އާއްމު ބައްދަލުވުމެއްގައި ޕޯޑިއަމްކައިރިއަށް ހުއްޓިހުރެ ބުނީ މިނިސްޓަރުން ރައްޔިތުންނާ އެއް ބިމަކަށް ފައިބަންވެއްޖެކަމަށެވެ. އެހެން ނޫނީ މަގާމު ދޫކޮށް ދާންވެއްޖެކަމަށެވެ. (މިވީގޮތަކީ އެވެރިންނަށް މާބޮޑު ކާމިޔާބީއެއް ނުލިބުނީއެވެ. އަދި ބައްދަލުކުރަންދިޔަ ގިނަ މިނިސްޓަރުންނާ ބައްދަލުވެސް ނުކުރެވުނީއެވެ.) ރައީސް ނަޝީދަށް އެ ވާހަކަ އިވުނުކަމަކަށް ނުހެދިއެވެ. ދެންވެސް، ވަކި މަނަދޫ ތޯރިގުމެން ރައްޔިތުންގެ މަޖިލީހަށް ހޮވައިގެން ވާނެ ފާއިދާއެއް އެބައޮތްހެއްޔެވެ؟

ޕްލޭނު ފައިނަލެއް ނޫނޭ މިހާރު ތިލްމީޒާމެން ބުނާނެއެވެ. އެއީ ހަމައެކަނި އެވަގުތު މީސްތަކުން މައިތިރިކުރުމަށް ހެދި ފަންޑިތައެކެވެ. ފަހުން ބުނާނީ، މިހާރު ބަޖެޓުގައި ލާރިއެއް ނެތްކަމަށެވެ. ނ. އަތޮޅުގެ ދަރިންނޭވެ. ހޭލައިތިބޭށެވެ. މިފަހަރު އެހެން ވިޔަދީގެން ނުވާނެއެވެ. ތިޔަ އޮތީ ރައީސް ނަޝީދު ވިދާޅުވި ކަހަލަ މުޒާހަރާ ގާނޫނު އަސާސީއެކެވެ. ހަފުތާއަކު އެއްފަހަރު ކޮންމެ ރަށަކުން ބަޔަކު މަނަދޫގައި ހުންނަ އަތޮޅުގޭ ދޮށަށް ގޮސް ފަހީމްބެ ބިރުގަންނަވާލައި، ތިލްމީޒާގެ އިސްތިއުފާއަށް ގޮވާލާށެވެ. ނޫނީ ފޮތިގަނޑުތަކުގައި ލިޔެގެން ތިލްމީޒާ ފަހަތުން ދާހާތަނަކަށް ދާށެވެ. އޭރުން ބުނިހާ ގޮތަކަށް ތިޔަ ޕްލޭން ބަދަލުކޮށްދިނުމަށް އެއްބަސްވެދާނެއެވެ. ނޫނީ އިސްތިއުފާދީފައި އައިކޮޅަށް އެމެރިކާއަށް އަނެއްކާވެސް ހިގައިދާނެއެވެ.


adnan

 
Web Statistics