Wednesday, April 27, 2011

ގައްދާރުންގެ ކިބައިން އެމްޑީޕީ ސަލާމަތްކުރޭ!

އެމްޑީޕީގެ އިންތިހާބު އެ އަންނަނީ ބޯމަތިވަމުންނެވެ. މިފަދަ ދަޑިވަޅެއްގައި ރައްޔިތުންގެ ދުންމަނުންނަކީ ނުވަތަ ހާއިނުންނަކީ ކޮންބަޔެއްކަން އެގެން ޖެހެއެވެ. ހާއިނުންގެ މަކަރުވެރި ދަލުގައި ޖެހި ހެއްލުމަކީ އެތަނެއްގެ ހަލާކެވެ. ރައްޔިތުން ހޭލުންތެރިވާން ޖެހެނީ އެހެންވެގެންނެވެ.

ރައީސްކަމަށް ލައިގެން އުޅޭ އިބްރާހީމް ހުސެން ޒަކީ އަކީ ކޮރަޕްސަނުގެ ފެނުން ހިނެއިގަނެގެން ހުރި ރައްޔިތުންގެ ހައިނެކެވެ. މާބޮޑު ރިފޯމިސްޓަކަށް ވީ ކަޓުނަގާނަގާ މައުމޫނަށް ބަލާބޮޑުވެގެން މިނިސްޓަރުކަމުން އެއްލާލުމުންނެވެ. އެއިގެ ކުރީގައި މައުމޫނު ވަރެއްނެތެވެ. "މޭން ފޯ އޯލް އައިލެންޑު" މައުމޫނަށް ލިޔެދިނީވެސް މީނަގެ ހިއްސާއަކާއި އިސްނެގުމެއްގެ ދަށުންނެވެ. ރާބޮއިގެން އަންހެން ކުދިން ގޮވައިގެން ރިސޯޓުތަކުގައި މިނިސްޓަރަކަށް ހުރެ މަޖާނެގިކަން އެއީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. ރައްޔިތުމީހާ 300 ޑޮލަރު ދީފައި އިންޑިޔާއަށް ފޮނުވާއިރު މައުމޫނު ޒަކީ ހިތުގެ އޮޕުރޭސަނަށް ރައްޔިތުންގެ ލާރިން ފޮނުވީ އިގިރޭސިވިލާތަށެވެ. ސަންލޭންޑަށާއި އަތަމާއަށް ނުހައްގުން ރިސޯޓުތައް ބަހާ ހެދީ މިކަލޭގެ މިނިސްޓަރުކަމުގައި ބައި އެޅޭގޮތަށެވެ. ރައީސްކަން ލިބިއްޖެނަމަ އެއް ހާސް މެމްބަރުން އިތުރުކުރާނެކަމަށް ބުނެއެވެ. ބަލަ، މިހާރު ތިޔަހުރީ ރައީސްކަމުގައި ނޫންހެއްޔެވެ؟ މިހާރު ނުވިކަމެއް ފަހުން ކުރާނެ ގޮތެއް ބުނެދިބަލާށެވެ.

ނައިބު ރައީސްކަމަށް ލައިގެން އުޅޭ އަލްހާން ފަހުމީގެ ވާހަކަ ދެއްކުމެއް ނެތެވެ. އޮރިޖިނަލް މުނާފިގެކެވެ. އެމްޑީޕީއަށް އައީ ސަރަގޭ ލާރިގަޑެއް ދީގެންނެވެ. އެއް މިލިއަން ރުފިޔާއޭ ބުނެއުޅެތެވެ. ޑިއާރުޕީގައި ހުރެގެން މައުމޫނަށް ސަނާކިޔުމުގައި އެވަރެއް ނެތެވެ. މިހާރު ބުނަނީ ރިފޯމް ގެނައީ އަހަރެމެންނެވެ. ސަރުކާރު ބަދަލުކުރީ އަހަރެމެންނޯލައެވެ. މިސްރުގައި އުޅެގެން ގާނޫނީ ޑިގުރީ ނުނިމުނު ގޮތް މިކަލޭގެ ކުރިން އަހާ ބާލާށެވެ.

އޮޅިގެންވެސް މިދެ ހާއިނުންނަށް ވޯޓު ނުލައްޗެވެ. އެހެން ކޮންމެ މީހަކުވެސް ރަގަޅުވާނެއެވެ.

އަންނި ހިތާވެގެން އުޅޭ މަރިޔާވެސް މިއީ އެމްޑީޕީއަށް ޖެހިފައިވާ ބައްޔެކެވެ. ބައި އިލެކްސަނަކުން ގޮޑިއަށް ސަވާރުވިގޮތަށް މުއްދަތު ހަމަވި އިރުވެސް ގޮޑިން ފައިބާކަށް ނޫޅެއެވެ. މިއަދު އެމްޑީޕީ ބަދުނާމުވަމުން ދާ އެއް ސަބަބަކީ މިމާރިޔާއެވެ. ދީދީމެންގޭ ކުދިން ބޮޑެތި މަގާމުތަކަށް ލައިގެންނެވެ. ލަވަކިޔާ ހައުލާ ފޮރިން މިނިސްޓަރުގެ ނައިބުކަން ފުރަނީ ކާނާގެ ބާވަތްތަކާބެހޭ ޑިގުރީ ކޯހެއް ހަދައިގެންނެވެ. ލަވަކިޔާ މިފުޒާލު އެހުރީ ދައުލަތަށް ލިބެންޖެހޭ ބޭރު އިންވެސްޓުމަންޓެއް އަމިއްލަކޮށްލައިގެންނެވެ. އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން މާރިޔާގެ ގޮޑި އެވަނީ މިހާރު މުއްދަތު ހަމަވެފައެވެ. ނަމަވެސް، އަންނި ވާ ލޯތްބެއްގެ ބޮޑުކަމުން ގޮޑީގައި ބައިންދާގެން އުޅެނީއެވެ.

1 comments:

donki said...

http://maldivesarmy.wordpress.com/2009/11/04/zaki-abdulla-shahid-mdp-web-corruption/

 
Web Statistics