Thursday, April 14, 2011

ދައުލަތުގެ ހަރަދު ކުޑަކުރެވޭނެބާ؟

ސަރުކާރުން ބުނަނީ ހަރަދު ކުޑަކުރަން އުޅޭ ވާހަކައެވެ. ކަމެއް ކުރަން އުޅޭ ތަނެއް ނުފެނެއެވެ. ސިވިލް މުވައްޒަފުންގެ އަދަދު މަދުކޮށް މުސާރަ ކުޑަކުރަން އުޅޭއިރު ސިޔާސީ ބޭކާރު މަގާމުތަކާމެދު އެއްޗެކޭ ނުބުނެވެނީ ކީއްވެގެންތޯއެވެ؟ މިހާތަނަށް ސަރުކާރުގައި 44 ސުޓޭޓު މިނިސްޓަރުން އެބަތިއްބެވެ. މިއީ ކީއްކުރާ ބަޔެއް ހެއްޔެވެ؟ 12 މިނިސްޓަރުންނަށް އެހީތެރިވުމަށް 74 ނައިބުން ނުފުދެނީ ހެއްޔެވެ؟ މިއިން ކޮންމެ މީހަކީ 25،000 ހުން މަތީގެ މުސާރަ ނަގާ ބަޔެއްކަމުން ދައުލަތުން ހަރަދު ވެގެން އެދަނީ ހާދަ ގިނަ ފައިސާއެކެވެ. ސިވިލް މުވައްޒަފުންނަށް ވިސްނާލާއިރު 102 ޑިރެކްޓަރު ޖެނެރަލުންނާއި އެގުޒެކަޓިވް ޑިރެކްޓަރުން އެބަތިއްބެވެ. ބަލަ، ސިވިލް ކޮމިސަނުގެ ވެރިންނޭވެ. ހަމަ މިއަދަދަށް މިވެރިން ބޭނުންވޭ ހެއްޔެވެ؟ ބަލަ އަންނީއެވެ. މައުމޫނު ވެރިކަމުގައި ހުރިއިރު ބަލަދު އަރައިން ދައުލަތުން މީހުން ބަލާ ވާހަކަ ޕޯޑިއަމްތަކުގައި ނުގޮވަމުހެއްޔެވެ؟ މިހާރު ތިޔަކުރަނީ ކީއްހެއްޔެވެ؟ މަގާމުތަކަށް މީހުން ލާތަން ފެނެއެވެ. ދެން އެކަމެއް ނުވީމާ ގެނެސް އަނެއްކާވެސް ކަމެއް ކުރަން ނުޖެހޭގޮތަށް ބޮޑު މަގާމެއް ދެނީއެވެ. ފޭދޫ އަދުހަމާއި ނަސީރާއި މުހައްމަދު ޝިހާބާއި އަމީން ފައިސަލާއި އޭނަގެ އަބިގޮއްޔެއާއި މިހިރަ މިހަރަ މީހުންގެ ބަދަލު ކަލޯގެ ބޮލަށް އެރީ ކޮން އިރަކު ހެއްޔެވެ؟ އަމިއްލަ މުސާރައިން ދެންޔާމު ދޭށެވެ. ރައްޔިތުން ކަލޯއާ ހަވާލުކޮށްފައި އޮތް އަމާނާތަށް ހިޔާނާތްތެރި ނުވާށެވެ.ވ   

0 comments:

 
Web Statistics