ވަޒީރުންގެ މަޖިލީހުގެ ގޮޑިތައް ފައިސާއަށް ވިއްކާލުން: ކަރަޕްސަން ނޫންބާ؟
އަލީ ނާޒިމް ވަޒީފާ އަދާކުރަނީ މަލޭގައި ދުއްވާ ޓެކްސީ އެއްގައެވެ. އަދި މީހަކާ ނީންނަކަމުންނާއި ދެމަފިރިންގެ ހުރި އެންމެ ދަރިއެއްކަމުން ރަށުގައި ދިރިއުޅެމުންދާ މަންމަ އަށާއި ބައްފައަށް ހަރަދުކުރަނީ ޓެކްސީ ދުއްވައިގެން އަލީ ނާޒިމަށް ލިބޭއެއްޗަކުންނެވެ. މުސްކުޅިވެފައިވާ އަދި އެހާމެ ލޯބިވާ މަންމައާއި ބައްޕަގެ އެދުމުގެ މަތިން އެމީހުންގެ އުމުރުގެ ފަހު ދުވަހު އެމީހުންގެ ގާތުގައި ހުރުމަށްޓަކައި ދިރިއުޅުން ރަށަށް ބަދަލުކުރަން ނިންމައިފިއެވެ. ރަށުން ކިޔައިގެން ނުކުންނަ ކުދިންނާ ހުރެ ރަށުގެ ވަޒީފާތަކުގެ ޑިމާންޑު ވަރަށް ބޮޑެވެ. އެހެންކަމުން، ދުރުގާ ތިމާގެ މީހެއްކަމުގައިވާ ބޮޑުކަތީބު ހަސަންދީ އާ މިކަމާ މަސްވަރާކޮށްލައިފިއެވެ. ހަސަންދީގެ ގޭގެ ފުރާޅު ޓިނު އާކޮށްދޭ މަތިންނާއި އަދި އިތުރަށް 5،000 ރުފިޔާ ދޭމަތިން އަލީ ނާޒިމަށް ރަށު އޮފީހުން ވަޒީފާއެއް ހަމަޖެހިއްޖެއެވެ. ހަސަންދީ އާއި އަލީ ނާޒިމް އެހިންގީ ކަރަޕްސަންގެ އަމަލެއް ކަމަށް ވަންޏާ ...
އެންމެ ފަހުން ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެޑިޑޭޓު ދެވަނަ ބުރަށް ކުރިމަތިލީއިރު ޖުމުހުރީ ގުޅުމާ ދެމެދު އެއްބަސްވުމެއް ވީކަމަށް ވާހަކަދެކެވުނެވެ. ފަހުން އެގުނު ގޮތުގައި މުހައްމަދު ނަޝީދަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެއްޔާމު ޖުމުހުރީ ގުޅުމަށް ވަޒީރުންގެ މަޖިލީހުގެ %30 ގޮނޑި ދޭގޮތަށް އެއްބަސްވެވުނު އެއްބަސްވުމެއްކަން އެގުނެވެ. މިއީ ބަރުލަމާނީ ނިޒާމުގައި ޕާޓީތައް އިއްތިހާދު ހަދައިގެން ނިންމާއުޅޭ ފަދަ ނިންމުމެއް ނަމަވެސް މިއީ އެމެރިކާގެ ރިޔާސީ ނިޒާމުގެ ސިފައެއް ނޫނެވެ. އަދި އިހަކަށް ދުވަހު ނޫސްވެރިންގެ ހާޒިރުގައި އެމްޑީޕީގެ ވަގުތީ ރައީސް މިވިދާޅުވަނީ ތިމަންމެން އެއްބަސްވިގޮތަށް ޖުމުހުރީ ގުޅުމަށް ވަޒީރުންގެ މަޖިލީހުގެ %30 ގޮނޑި ދިނިންކަމަށާއި ނަމަވެސް ތިމަންމެންނަށް ޖުމުހުރީ ގުޅުމުން ލިބެންޖެހޭ ފައިސާ ނުލިބޭކަމަށެވެ. މިހާރު މިބުނެވުނީ ވަޒީރުންގެ މަޖިލީހުގެ %30 ގޮނޑި ލާރިކޮޅަކަށް ވިއްކާލެވުނު ވާހަކަ ނޫންބާވައެވެ؟؟
ދެންފަހެ، ކަރަޕްޝަނަކީ ކޮބައިތޯއެވެ؟ ހަސަންދީ އާއި އަލީ ނާޒިމް އެހިންގީ ކަރަޕްސަންގެ އަމަލެއް ކަމަށް ވަންޏާ އެމްޑީޕީއިންނާއި ޖުމުހުރީ ޕާޓީ އެހިންގީ ކޮރަޕްސަންގެ އަމަލެއް ނޫންބާވައެވެ؟ ހަސަންދީ ބޮޑުކަތީބަކަށް ހުރެ ތިމާއަށް ލިބިފައިވާ ބާރެއް ނަހަމަގޮތުގައި ބޭނުންކޮށްގެން ދައުލަތުގެ ވަޒީފާއެއް ފައިސާކޮޅެއްގެ ދަހިވެތިކަމުގައި ވިއްކާލީއެވެ. ހަމައެހެން، މުހައްމަދު ނަޝީދު ރައީސްކަމާ ހަވާލުވުމުގެ ކުރިން ދެބައިމީހުންގެ ދެމެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން އެމްޑީޕީއަށް ޖުމުހުރީ ޕާޓީއިން ފައިސާ ދޭނެކަމަށް އެއްބަސްކުރުވައިފައި ވަޒީރުންގެ މަޖިލީހުގެ %30 ގޮނޑި ރައީސްކަމުގެ މަގާމާ ހަވާލުވުމުގެ ކުރިން ވިއްކަވާލެއްވީއެވެ. މިދެކަމުގައި ހުރި ތަފާތަކީ ކޮބައިތޯއެވެ؟ މިމައްސަލަ އެންޓިކަރަޕްސަން ބޯޑުން ތަހުގީގުކޮށް، މިކަމާމެދު ސްޕްރީމު ކޯޓުން ގޮތެއް ނިންމުމަކީ މިކަމުން މިއަދުގެ ސަރުކާރު ބަރީއަވާނެ ހަމައެކަނިގޮތެވެ.
5 comments:
yes, corruption
yes, it is simple corruption. but will drp or umar take it to supreme court?
where is the corruption board? are they doing anything about this?
varah salhi misaaleh.. thee hama simple corruption. aharemen kameh kureema corruption ah vanee. everin (sarukaaru bodun) kureemaa okay. haadha hevvaey.. miverin kuranyaamu aharemen nah ves kureven vaane. isn't this what the constituion says. eveyrone is equal.
kalo, aharumen kureemaa karapsan. bodun kureemaa komes eheh eh cheh. karaschos vanneyge
Post a Comment