Monday, December 22, 2008

މުއްސަދިން އިތުރަށް މުއްސަދިކޮށް، ފަގީރުން އިތުރަށް ފަގީރުކުރާ ބިލާމެދު ސަމާލު ވަމާތޯ!

ރިސޯޓުތަކުގެ މުއްދަތު 50 އަހަރަށް އިތުރުކުރުމަށް މަޖިލީހަށް ހުށައެޅިފައިވާ ބިލަކީ އެމްޑީޕީއިން ކުރިން ބުނަމުން އައި ރާއްޖޭގެ މުއްސަދިކަން މަދުބަޔެއްގެ އަތުގައި ބޭއްވުމަށް ދެވޭ އިތުރު ފުރުސަތެކެވެ. އަނެއްކާ އިތުރު 20 އަހަރަށެވެ. ނޫނީ 15 އަހަރަށެވެ. މިކަމުގެ ސަބަބުން ފަގީރުން އިތުރަށް ފަގީރުވެ، މުއްސަދިންނާއި ފަގީރުންގެ ތަފާތު ގައުމުގައި އިތުރުވުން ކަމެއް ނޫނީ ނުވާނެއެވެ. މިކަން އެންމެ ރަނގަޅަށް ދަންނާނެ ބަޔަކީ އެކަމާ އެންމެ ނުރުހިގެން މީހުން އެއްކޮށްގެން ހަރުގެތަކުގައި ވާހަކަދައްކާ، މަޖައްލާތަކުގައި ލިޔެ، އިންޓަނެޓުގައި ކާޓޫނުކުރެހި މިހާރުގެ ސަރުކާރުގެ ވެރިންނަށެވެ. ނަމަވެސް، ހިތާމައަކީ މިއަދު އެވެރިންނަށް މިކަން އެނގޭކަމަށް ނުވާކަމެވެ.

ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމަށް ދައްކާ ދެއުޅިއެއްނުވާ ބަހަނާތަކާ، އެކަމާދެކޮޅު ހަދާ ބަޔަކަށް ކުރާ މަލާމާތެވެ. އެއީ 50 އަހަރެއް ނޫނޭ 15 އަހަރޭ ބަންޑާރަ ނައިބު ބުންޏެވެ. ބަލަ އެންމެ މަހެއްވެސް އިތުރަކަށް ދޭކަށް އަހަރެމެން ބޭނުމެއްނޫނެވެ. މިހާރުވެސް އެވެރިން ސަރުކާރަށް ކުލި ދައްކަމުން އެގެންދަނީ ރާއްޖޭގެ މާކޭޓުގައި ރިސޯޓުތަކުގެ އަގު ހުރި މިންވަރާ ބަލާއިރު ހާދަހާވާ ކުޑަ އަދަދަކުންނެވެ. ދައުލަތުގެ ހަޒާނާއަށް ނުވަދެ ގެއްލިގެން އެދަނީ ކިތައް ރަށުގައި ސްކޫލާއި ބަދަރާއި ސާފުބޯފެނާއި ނަރުދަމާ ނިޒާމު ގާއިމުކޮށްދެވޭނެހާ ފައިސާ ހެއްޔެވެ؟ އެވެރިން އެފައިސާއިން އެއިން ކަމެއް މިއިން ރަށަކަށް ނުކޮށްދޭ ތަނުގައި އެވެރިން އެތިބެނީ ރާއްޖޭން ބޭރު އެކައުންޓުތަކުގައި މިލިއަނުން ބިލިއަނުން ފައިސާ ޖަމާކޮށްގެން އާއިލާ ގޮވައިގެން ރާއްޖޭން ބޭރުގެ އަރާމު ދިރިއުޅުމުގައެވެ. އަހަރެމެން މިތިބެނީ ނާށިގަނޑު ހިފައިގެންނެވެ.

މިފަދަ ބޮޑުކަމެއް ވެގެންދާއިރު، އަންނަން އޮތް ޖީލުތަކަށް އުފާފާގަތި ދުޅަހެޔޮ ތިޔާގި ރާއްޖެއެއް ހޯދައިދިނުމަށް އަތުކުރި އޮޅާލި އިސްލާހަށް މަސައްކަތްކުރި މީހުން ހަނުތިބޭތީ ހައިރާންވެއެވެ. މިއަދު ތިޔަހެން ތިޔަ ތިބެނީ އެބިލު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ފަރާތަކީ މައުމޫނުގެ ސަރުކާރަށް ނުވާތީ ބާވައެވެ؟ ނޫނީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ރައްޔިތުންގެ މަޖިލިސްކުރާ ގޭ ދޮށަށް އެއްވެ މުޒާހަރާކުރާ މީހުންގެ އިއްސަފުގައި ކެނެރީގޭ މުހައްމަދު ނަޝީދު ނެތީމަތޯއެވެ؟ ނޫނީ މުޒާހަރާ ބައިގެ ލީޑަރަކީ އުމަރު ނަސީރުވީމާ ތޯއެވެ؟ ބަލަ، ނިދިން ހޭލާށެވެ. ކޮންމެ މީހަކު ގޯސްކަމެއް ކުރިއަށް ގޯސްކަމެއްވާނީ ގޯސްކަމަށެވެ. ބޭއިންސާފުވާނީ ބޭއިންސާފަށެވެ. އުމަރު ނަސީރު މިއަދު އެމަސައްކަތްކުރަނީ ރައްޔިތުންގެ ހައްގެއް ގެއްލިދާތީއެވެ. އެކަން ގަބޫލުކުރާށެވެ. މީހާއަށް ނުބަލާ ކަމަށް ބަލާށެވެ. ނޫނީ ވަގުތު ފާއިތުވެދާނެއެވެ.

6 comments:

Anonymous said...

way to go umar! today you are our anni and anni has become maumoon protecting the interests of a few corrupt biznesmen. are these gud advices of ali shiyam his economic adviser who owns resorts??

Anonymous said...

now i realise umar is fighting for our rights and those who try to portray him a fool are the real fools. extending lease was wat maumoon govt initiated in majlis n today anni is to complete the task. is this the other maldives? anni isthiufaa!

Anonymous said...

anni defended terrorism convict shahid like maumoon did for illabey. is maumoon annis mentor? makes me sick in the tummy...

Anonymous said...

ali shiyam aky annige lhiyanakah vefa annige a'ailee mifadha beyfulhunge maslahathu huri resort thah othathy 50 aharu kykkuran 100 aharah resort thah kuyyah dhinumaky anni kuran beynun adhi kuraane kanthahkan dhuvaaluge irufadhain aharemenah engey mihaaruves balaabala bodumusaara dheefa wazeefaathah dhemun dhany annige maslahathu huri faraaiy thakah lhiyanun faharin vaan ulhey a'ailee meehun gaaiy rattehin halhuthaalukuran ulhunu baigandu khaasakoh ekugai ganjaa boan ulhey auvaanunah maqamuthah dhineema heyoverikan kurevuny MDP fulhaai finance in 3gb ge 40 foanu gannan faaisaa hawaalukoh e foanuthah annige ganjaa hippavaa aalaathunnah dhinumun hathareskan hamavefa onnaanee heyoverikamaky e ee miothy rangalhahvves aneh dhivehi raajeah dhevifa

Anonymous said...

a good piece of advice. we should be focusing on the actual issues affecting the lives of our people; not who is leading the protests or who is in power. after all, these will affect our lives and the lives of the generations after us.

Anonymous said...

ރީކޯ މޫސަބުނީ އުމަރު ނަސީރާހެދި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ހުރަސްއެޅެނީޔޯ؟ މުޒާހަރާކުރިޔަ ދީގެން ނުވާނެޔޯ!! ކިހާ ބޮޑު ޖޯކެއްމީ!! އަންނިމެން ރައްޔިތުންގެ މަޖިލީސް ދޮށުގައި އުޅުނުއިރު އެއީ ރައްޔިތުންނަށްގެ ހައްގުގައި ކުރެވުނު ކަމެއް.ަ އެރީކޯއެއްނޫންތަ މުޒާހަރާތަކުގެ އެދުރަކީ؟؟

 
Web Statistics