Tuesday, December 2, 2008

ހަބަރު މުރާޖައާ: ރައީސް އޮފީހުގެ އަންޑަ ސެކެރެޓަރީން ނައިބު މިނިސްޓަރު ފެންވަރަށް، އަންޑަ ސެކެރެޓަރީންގެ އެހީތެރީން އެގްޒެކެޓިވް ޑިރެކްޓަރުންގެ ފެންވަރަށް...

ނިމިގެން ދިޔަ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުން ކުރާ ތާކުންތާކު ނުޖެހޭ ކަންތައްތަކަށް އެންމެ ބޮޑަށް މަލާމާތްކުރި އެއްބަޔަކީ މިއަދު ސަރުކާރު ހިންގުމުގެ ޒިންމާ އުފުލަމުންގެންދާ އަދި މިއަދު ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވަމުން ގެންދަވާ ބޭފުޅުންނެވެ. އެގޮތުން އެންމެ ފާހަގަކުރެވޭކަމަކީ އެކި ވަރުވަރުގެ މަގާމުތަކަށް ފެންވަރުތަކެއް ދީގެން ތަފާތުކުރާކުރުމެވެ. ކުރިން އެއީ އެއްވެސް ތާކުންތާކު ނުޖެހޭ، ވަކި ބަޔަކަށް ބޮޑު މުސާރަތަކަކާއި އިނާޔަތްތަކެއް ދިނުމުގެ މަގުސަދުގައި އެކަނި ކުރި ކަންތައްތަކެވެ. ނުރުހުން ފާޅުކޮށް މަލާމާތްކުރިވެސް މެއެވެ. ނަމަވެސް މިއަދު މުޅިން ތަފާތެކެވެ. އެއްވެސް ގޯހެއް ނެތެވެ. އެފަދަ މަގާމުތަކާއި އިނާޔަތްތައް ލިބޭ ބަޔަކީ ތިމާމެންނަށް ވީތީ ތޯއްޗެކެވެ؟ މިބައިމީހުންގެ އަމިއްލަ އެދުމުގެ ބޮޑުކަމާއެވެ!

ނޮވެމްބަރު 11 ގައި ވެރިކަން ބަދަލުވުމާގުޅިގެން އެންމެ ބޮޑު ބަދަލެއްއައި އެއްތަނަކީ ރައީސް އޮފީހެވެ. މިކަން ވާނީވެސް މިހެންކަމަށް ބެލެވި، އެކަން ކުރިންސުރެ ގަބޫލުވެސް ކުރީމެވެ. އޮތްހައި ތަފާތަކީ ހެޔޮބަދަލުތަކެއް ނެގެސްދެއްވައި ރައީސް އޮފީހުގެ އޮނިގަނޑުވެސް އިސްލާހުކުރައްވާނެ ކަމަށް ކުރެވިފައި އޮތް ހީވެއެވެ. ނަމަވެސް، ކަންތައް ކުރެއްވީ ކުރީގެ ރައީސް ހިންގެވިމަގުން އެއް ފިޔަވަޅުމަތީ އަނެއްފިޔަވަޅު ބަހައްޓަވައިގެންނެވެ. ގާބިލު ހަރުދަނާ ބޭބޭފުޅުންގެ ބަދަލުގައި، ތިމާގެ ޕާޓީ އާއި ތިމާގެ ރައްޓެހި، ތިމާއަށް ތާއީދުކޮށް ވާހަކަދައްކާ ބޭފުޅުންނަށް މަގާމުތައް ދެއްވުމުގެ އިތުރުން އެބޭފުޅުންނާ ހުރި ގާތްކަމެއްގެ ސަބަބުން އެބޭފުޅުންގެ މަގާމުތަކުގެ ފެންވަރު (މިއީ ކޮންއެއްޗެއް ކަމެއް ހަގީގަތުގައި ނޭނގޭ) އުފުއްލަވާލެއްވިއެވެ. އުފުލެން އޮތް އެންމެ މައްޗަކަށެވެ. 22 ނޮވެމްބަރު ވީ ދުވަހު 7 ބޭފުޅަކަށް އަންޑަސެކްރެޓަރީންގެ މަގާމުދެއްވީ ނައިބު މިނިސްޓަރުންގެ ފެންވަރުގައެވެ. އަދި ހަމަ އެދުވަހު އިތުރު 7 ބޭފުޅަކަށް ޑެޕިޔުޓީ އަންޑަސެކްރެޓަރީންގެ މަގާމު ދެއްވީ އެގްޒެކެޓިވް ޑިރެކްޓަރުންގެ ފެންވަރުގައެވެ.

ސަރުކާރުގެ މުވައްޒަފުންގެ އޮނިގަނޑު އޮންނަގޮތުން ހަގީގަތުގައި އަންޑަސެކްރެޓަރީންނަކީ ސީނިއަ ސެކްރެޓަރީންނަށްވުރެ މަތި، ނަމަވެސް އެސިސްޓެންޓު ޑިރެކްޓަރުންނަށްވުރެ ދަށް މަގާމެކެވެ. މިފަދަ ދަށް މަގާމުތަކަކަށް އެހާ މަތީ ފެންވަރުތަކެއް ކަނޑައެޅުއްވި ސަބަބެއް ކަމަށް ބެލެވެނީ މިނިސްޓަރުންގެ 7 ނައިބުން ރައީސް އޮފީހަށް އައްޔަންކުރުމުން އާއްމުންގެ ނުރުހުން އަމާޒުވެދާނެތީއެވެ. އަދި އޮފީހުގައި ކުރަންޖެހޭ މަސައްކަތަކީ އެމަގާމުގައި އެހެން އޮފީސްތަކުގައި ވެސް ކުރާ މަސައްކަތްތައް ފަދަ ކަންކަމަށް ވުމަކީ އެކަށީގެންވާކަމެކެވެ. އެހެން ކަމަށްވާނަމަ، މިފަހަރު މިއޮތީ މަގާމާއި ކުރާ މަސައްކަތަށް ބެލުމުގެ ބަދަލުގައި މީހުންނަށް ބެލިފައެވެ. ބަދަލު ނުވަތަ އިސްލާހު ގެންނަންޖެހިގެން މިއުޅެނީ މިފަދަ ކަންތައްތައް ނައްތާލަން ނޫންބާވައެވެ؟ ހެޔޮ ވެރިކަމެއް ގާއިމުކުރަން ނޫންބާވައެވެ؟ މައުމޫނުގެ ދުވަސްވަރަށް ޖެހިލާއިރު ސަރުކާރުގެ އިސްތަރުޖަމާނުގެ މަގާމަށް ދެބޭފުޅަކަށް ދެފެންވަރުގައި ހަމަ އެމަގާމު ދެވިފައި އެބައޮތެވެ.

ގުޅޭ ހަބަރު: ރައީސް އޮފީހުގެ މަގާމުތަކަށް ބޭފުޅުން ހަމަޖައްސަވައިފި: ހަވީރު ނޫސް

5 comments:

Anonymous said...

yes. this is v true. sarudhaaru umaru zahir 4 senior minister was bad but goathi shafeeq 4 state minister is great with no formal education. wat the heck is zaki doin when vp dr waheed is there?

Anonymous said...

Zaki is taking the limelight while vp is given the role of of a flower pot for decoration. It's a strange world I say. - Nish-

Anonymous said...

Umar Zahir is dead, just let him rest in peace.

Anonymous said...

Zaki said he will retire from politics someday. So just let him enjoy that lemon light while his grass is green.

Anonymous said...

didn't the same zaki said "i don't want a govt post". look what he is doing now? he is more powerful than vice president!!

 
Web Statistics