Tuesday, February 24, 2009

ވެރިކަމަށް 100 ދުވަސްވީއިރު، 5 ވައުދަށް ވީވަރަކީ ...

1. ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ގުޅުމުން ގުޅާލުން:

އެއްވެސް ކަމެއް ކުރެވިފައެއް ނެތް. ހުސް ސަޅިބައިސާ!

2. ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލުން:

މައުމޫނުގެ ސަރުކާރުން ފެށި "މަދަނަ" އިންސޫރެންސު އެކަނި އޮތީ. އިތުރުކަމެއް ނުކުރެވޭ. ނުވެސް ފެށޭ. މިހާރު ތީމުގެއިން ކުރިން ލިބޭ 300 ޑޮލަރު ނުލިބޭތަނުގައި ބުރުމާބެ ވެސް ލާރި ފޮއްޗެއް ދިތެއް ނުކޮއްލައި. އަނެއްކާވެސް ހުސް ސަޅިބައިސާ!

3. އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން:

އެއްވެސް ކަމެއް ވާން އުޅޭކަމުގެ އަލިމަގެއް ނުފެނޭ. ދެން މިބުނަނީ އަމިއްލަ ވިޔަފާރިވެރިން ރިއަލްސުޓޭޓު އުސޫލުން ރީތި ނަލަ ގޭގެ ހަދައިގެން އާއްމުންނަށް މޯގޭޖު އުސޫލުން ވިއްކާށޯ. ދަހިކަމުން ލަގޮޑީގައި ނާށިލައިފައި ތިބި ބަޔަކަށް މިކަންކުރެވިދާނެބާ؟ ރާއްޖޭގައި ތިބި އެންމެ ބޮޑެތި ވިޔަފާރިވެރިންނަކީ ރިސޯޓު ހިންގާމީހުން. ރިސޯޓު ހިންގުމާ ބެހޭ ގާނޫނުގައި އެބައޮތް އާއްމުންނަށް ރިސޯޓުގެ ހިއްސާ ވިއްކައިގެން ކުލީގެ މުއްދަތު 50 އަހަރަށް އިތުރުކުރެވިދާނެކަމަށް. ނަމަވެސް، އެހެން މީހަކަށް ލާރިއެއް ދޭންޖެހިދާނެތީވެ އެއިން އެކަކުވެސް މިއަދާ ހަމައަށް އެއިން ކަމެއް ނުކޮށްތިބެގެން މިގޮވަނީ ރިސޯޓުގެ މުއްދަތު އިތުރުކޮށްދޭށޭ. ހުންނަ އަމިއްލަ އެދުމުގެ ބޮޑުކަމާ!

4. މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުން:

އިހަކަށް ދުވަހު ރާއްޖޭގެ އިންސާނީ ހައްގުތަކާބެހޭ ޖަމުއްޔާއިން ނެރުނު ރިޕޯޓުން އެގިގެންހިގައްޖެ މިހާރު އެދޮރުތައް ހުރީ ކުރިއަށް ވުރެންވެސް ބޮޑަށް ހުޅުވިފައިކަން. ދެނޯ؟؟

5. ދިރިއުޅުމުގެ އަގުތައް ތިރިކުރުން:

ހަމަ ހުސް ސަޅިބައިސާ. މިއަދާ ހަމައަށް ވީކަމެއް ހަރާން. ތަކެތީގެ އަގުތައް އުފުލެމުން އެހެރަ ދަނީ. ޑޮލަރެއް ނުލިބޭ މިހާރު. ގައުމުން ތަކެތި ހުސްވަނީ. އެހެނަސް، މަޖާކުރަން ރާއްޖޭން ބޭރަށް ދާ ދަތުރުތައް ގިނަވެ، ގައުމުގެ ހަޒާނާއަށް ބާރުބޮޑުވަނީ. ލިބޭނޭ ބުނާ ލާރި ލިބޭނެ ދުވަހެއް އަދި ނުފެނޭ.

އެމްޑީޕީ ސަރުކާރެއްގައި ފުއްދައިދޭނެކަމަށް ބުނެފައިވާ ވަޢުދުތަކުގެ ތަފުސީލު

0 comments:

 
Web Statistics