Saturday, May 7, 2011

ޑޮލަރު ބޮޑު ކުރިޔަސް ރައްޔިތުންނަށް ދައްޗެއް ނުވޭ!


ޑޮލަރު ބޮޑުކުރުމާ ގުޅިގެން ރައްޔިތުން ވޭނުގައި އުޅޭކަން ރައީސް ނަޝީދަށް ނޭގެނީ ބާއެވެ؟ އިގުތިސޯދު ބޮއްސުން ލައިގެން ދެން ހަދާނެ ގޮތެއް ނެތިގެން ޑޮލަރުގެ ރޭޓު ބޮޑުކުރިއިރުވެސް މިގޮވަނީ ކަންތައްތައް މިދަނީ ޕުލޭނާ އެއްގޮތަށޯކަމަށެވެ. ޕުލޭނާ އެއްގޮތަށް ދާނަމަ ކަޅުބާޒާރު ހުއްޓުވަން ފުލުހުން ނެރެގެން އެގޮތުން ނުވެގެން ޑޮލަރުގެ އަގުބޮޑުކޮށް ކަޅުބާޒާރު ހުއްދަކުރީ ކީއްވެގެންތޯއެވެ؟ ޑޮލަރު އަގުބޮޑުކޮށްގެން ކަޅު ބާޒާރު ހުއްޓުވައި ޑޮލަރުގެ އަގު ތިޔަ ބުނާހެން ކުޑަކުރެވިއްޖެތޯއެވެ؟ ހީކުރިހެން ބެންކުތައް ވާދަވެރިކަމުގައި ޖެހިގެން ޑޮލަރުގެ ރޭޓު ކުޑަކޮށް އާއްމުންނަށް ޑޮލަރު ވިއްކަން ފެށިހެއްޔެވެ؟ ނޫނީ ކަޅު ބާޒާރުގައި ގެން ގުޅުނު ޑޮލަރުތައް ބޭންކަށް ލާން އެވެރިން އައި ހެއްޔެވެ؟ ކޮސް ނުގޮވާ އަވަހަށް ފާބާށެވެ. ތިޔަ އުޅެނީ ހަދާނެ ނަހަދާނެ ގޮތެއް ނޭގިގެންނެވެ. އަހަރެމެން މައުމޫނު ނުވަތަ ތަސްމީނު ވެރިކަމަށް ގެންނާކަށްވެސް ނޫޅެމެވެ. އަހަރެމެން ބޭނުމީ ހިތްހަމަޖެހިގެން އުޅެވޭނެ ދިރިއުޅުމެކެވެ. ރައީސް ނަޝީދަށް މިކަން ނުވާނެކަން މިހާރު މިފެންނަ މަންޒަރުން އެބަ އެނގެއެވެ. އިތުރަށް ދޮގުހަދާ އޮޅުވާލަން ނޫޅޭށެވެ.ވ

 

0 comments:

 
Web Statistics