ނޫނު އަތޮޅުގެ ހަބަރުތަކާއި ރާއްޖޭގެ ހަބަރުތައް ތާޒާކަމާއެކު ގެނެސް ދެމުން ދިޔަ މަނަދޫލައިވް ގޮތްނޭގޭ ބަޔަކު ހައިޖެކު ކޮށްފިކަމުގެ މައުލޫމާތު ދެންމެ ލިބިއްޖެއެވެ. އެސައިޓު މެދުކެޑުމަށްފަހު ގިނަ ދުވަސްތަކެއް ވުމަށްފަހު ފެނުނީ އެއް ފަހަރާ އެއް މާބަޑު ދެބެން އެއް ނަމެއްގައި ނުކުމެ އުޅެނިކޮށެވެ. އަންތަރީސްވެ ކޮސްވެގެންތިބި މިކަމުގެ ހަބަރު ބަލާއިރު މިވީގޮތަކީ ނިމިގެން ދިޔަ ލާމަރުކަޒީ އިންތިހާބުގެ އަސަރު އެސައިޓަށްވެސް ކުރީޔޯލައެވެ.

މިއީ ކިހާ ވަރެއްގެ ތެދެއްތޯ ބަލާލުމަށް މިކަމުގައި އުޅޭ މީހުން ހޯދާލި އިރު ފެނުނީ އެމްއެލް ދޮންބެ ކިޔާ މީހަކާއި ޓެކްގައިޒް ގައި މަސައްކަތްކުރާ މުއާޒު ކިޔާ ސޮރެކެވެ. އެމްއެލް ދޮންބެ ބުނީ އައު ސައިޓު www.manadhoolive.com.mv ހަދަންޖެހުނީ ކުރީ ސައިޓު ޑައުންކޮށްގެން ގިނަދުވަސްތަކެއް ވެގެން ސައިޓު މަރުވީކަމަށް ބަލައިގެންނެވެ. އަދި ސައިޓުގެ މެނޭޖްމަންޓު އެއްކޮށް އައު ސައިޓަށް ބަދަލުވެއްޖެކަމުގައެވެ. މުއާޒު ބުނީ ސައިޓު ޑައުންކުރީ ސައިޓު ހިންގުން ހުއްޓާލަން ބޮސް ބުނެގެންނެވެ. ނަމަވެސް، މިހާރު ބޮސް މައިންޑް ޗޭންޖުވީއެވެ. މިބޮހެއްގެ ނަމެއް ލިބޭ ގޮތެއް އަދި ނުވެއެވެ.
މިހުރީ އަހަރެމެންގެ ދިވެހިންގެ ކަންތައް ހުންނަ ގޮތެވެ. އެކުވެރިކަމާއެކު ކަމެއް ކުރާކަށް ނޭގެއެވެ. އަބަދުވެސް، ކޮންމެވެސް ބަޔަކަށް ހަސަދަލުމުގައި އުޅެތޭމެއެވެ. ދޮން ބައްޕަވެސް އިންތިހާބެއްގައި ނުހޮވިދާނެ އެވެ. އެއީ އެވަރުގެ ކަމެއް ހެއްޔެވެ؟ ހިކި ހިއްވަރު ލާފައި އުޅެނީ މިފަދަ ދެއުޅިއެއް ނުވާ ކަމެއްގައެވެ. ނިކަން ޒައީމާއި ތަސްމީނަށް ބަލާށެވެ. އެތަނުގައި ސަހަލަ އެކަކުވެސް ނެތެވެ. ޒައީމު ތިޔަ އޮތީ ބޭނުން ނެތިގެން ވެރިކަމުން ބާލުވާފައެވެ. މީހާ މުސްކުޅިވެ ހަންޓޯޓޯވަނީ އެވެ. ތަސްމީނު ހިތްދެމި ނުލެވޭވަރަށް ލޯނު އެބޯތެވެ. ވެރިކަން ލިބިއްޖެއްޔާ ފުރަތަމަވެސް ކުރަންޖެހޭކަމަކީ ތިމާ އެދޭ ބަޔަކު ބެންކު ބޯޑަށްލައި ތިމާގެ އަމިއްލަ ލޯނު މައާފުކޮށްދޭށެވެ. މިވަރުން ބުއްދި ފިލައި ނުދާނެ ހެއްޔެވެ؟ މިހަބާރާ އުޅޭ އައު މައުލޫމާތެއް އޮތިއްޔާމު ކޮމެންޓުގައި ޖަހައިދޭށެވެ. ހަބަރެއްގެ ދެފުށް ގެނެސްދިނުމަކީ އަހަރެމެންގެ އަމާޒެވެ.