Showing posts with label ނާސިރު، ތައުޒިޔާ. Show all posts
Showing posts with label ނާސިރު، ތައުޒިޔާ. Show all posts

Sunday, November 23, 2008

އިހުލާސްތެރި ތައުޒިޔާ!

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް ސުމުއްވުލް އަމީރު އިބްރާހީމް ނާސިރު އަވަހާރަވުމުގެ ހިތާމާގައި ބައިވެރިވެ، އެމަނިކުފާނުގެ އާއިލާއަށާއި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުހައްމަދު ނަޝީދަށާއި އެންމެހާ ދިވެހި ފަރުދުންނަށް ހިތުގެ އަޑިން އިހުލާސްތެރި ތައުޒިޔާ ކިޔަމެވެ. އަދި އެމަރުހޫމުގެ ފުރާނަފުޅަށް ރަހުމަތްލައްވައި ފާފަފުއްސެވުމަށް އެދި މާތްﷲގެ ހަޟުރަތުގައި ދުއާ ދަންނަވަމެވެ.

މިހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރުން އެއާއިލާއާމެދު ކަންތައް ބަހައްޓަވާގޮތާމެދު އަޅުގަނޑުމެން ފަހުރުވެރިވެ އުފާކުރަމެވެ. ދިވެހިރާއްޖޭގެ ގާނޫނުތަކުގެ މަތިން ނޫން ގޮތަކަށް އަމަލުނުކުރުމުގެ މައްޗަށް ބާރުއަޅަމުން، ދިވެހިރާއްޖޭގެ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނަށް ވެސް ދިވެހި ފަސްގަނޑުގައި ދިރިއުޅެވޭނެ މަގު މިއަދުގެ ސަރުކާރުން ތަނަވަސްކޮށްދިނުމަށް ގޮވާލަމެވެ. އެއްވެސް ޝައްކެތްނެތްގޮތުގައި، އެވެރިކަމަކާހުރެ އަމިއްލަފުޅަށް ގައުމު ދޫކުރައްވާ ވަޑައިގެން ވެރިކަން ނިމުމަކަށް އައިސް، ދިވެހިދައުލަތުގެ ހިމާޔަތުގައި އިއްޒަތާއި ގަދަރުވެރިކަމާއެކު އެމަނިކުފާނު ކުރެއްވި ގައުމީ ހިދުމަތްތަކާމެދު މިއިން ދުވަހަކު އަޑުނާހާފަދަ ތައުރީފުތަކެއްލިބިގެން ވެރިރަށް މާލޭގައި ފަސްދާނުލެވެމުގެ ކަންތައް ކުރެވެމުންދާކަމީ ގިނަ އިބުރަތްތަކެއް އެކުލެވޭކަމެކެވެ.

ތިނަދޫގެ ރައްޔިތުންނަށް އައްޔަ ބުނަންއޮތީ " ތިޔަބައިމީހުންގެ ތެރެއިން ނާސިރުގެ ސަބަބުން މަރުވެދިޔަ މީހުން ހަމަ އެދިޔަ ތަނަށް ނާސިރުވެސް ދިޔައީއެވެ. އެކަމުގެ ނިޔާ ކަނޑައެޅުން އެކަލާނގެ ހަޟުރަތުގައި ވެއެވެ. އަދި މިދުވަސް ނާސިރަށާއި ތިޔަބައިމީހުންގެ ކައިބަފައިންނަށް އައި ދުވަހެއް ފަދައިން ހަމަ ތިޔަބައިމީހުންނާ ބައްދަލުކުރާނެއެވެ. އެއީ ހުރިހާ ކަމެއްގެ ހުކުމްކުރުމުގެ ބާރުވެރި ފަރާތާ ބައްދަލުކުރާ ވަގުތެވެ. ވަކި މީހެއްގެ މިނިސްޓަރުކަމަށް ރުޅިއަރާ މުޒާހަރާކުރާކޮށްގެން ބަދަލުކުރާ ފަދައިން މަރުވެފައިވާ މައްޔިތާގެ މައްޗަށް ހުކުމްތައް ބަދަލުނުކުރާށެވެ. ކޮންމެ އިންސާނަކީވެސް ކުށްކުރެވޭނެ މީހެކެވެ. މައްޔިތާގެ ޖަނާޒާގެ ވަގުތަކީ މުޒާހަރާގެ މުނާސަބަތެއްނޫނެވެ. ބިރުވެރި ހިތްތިރި ކެތްތެރި ހިތާމަވެރި ވަގުތުކޮޅެކެވެ. ތިބާ ނުރުހޭ މީހަކު މަރުވެއްޖެނަމަ އެދުވަސް ތިބާއަށް އަންނާނޭ ކަން ހަދުމަކޮށް އަމިއްލަ ނަފުސު އިސްލާހުކުރެވޭތޯ ބަލާށެވެ. ތިޔަބައިމީހުންގެ ހައްގެއް ގެއްލިފައިވާނަމަ އެހައްގު ދެއްވާނީ ކީރިތި ﷲއެވެ."

 
Web Statistics