Sunday, June 26, 2011

އަންނިއަށް އަދިވެސް މާރިޔާ ދީދީތަ؟

މިއަދަކީ އެމްޑީޕީގެ 6 ވަނަ އުފަންދުވަހެވެ. މިދުވަހުގެ އެންމެ ހާއްސަ ހަފުލާއަކީ ޕާޓީގެ ދިދަ ނެގުމުގެ ހަފުލާއެވެ. މިހަފުލާގައި ދިދަ ނެގީ ޕާޓީގެ އަސާސީ ގަވާއިދުގައި ދީފައިވާ ހައިސިއްޔަތަށް ވުރެ މަތިން ހައިސިއްޔެތެއް ހޯދައިގެން އުޅޭ ކެނެރީގޭ ނަޝީދާއި އޭނާގެ ގޮތް ނޭނގޭ --- މާރިޔާ ދީދީއެވެ. މިމާރިޔާ ދީދީ އަކީ މިހާރު ޗެއާޕާސަނެއް ނުވަތަ ރައީސެއް ނުވަތަ އެފަދަ މަތީ މަގާމެއްގައި ހުރި މީހެއްވެސް ނޫނެވެ. އެހެންކަމުން އޭނައަށް އެފުރުސަތު ލިބުމުން މިތިބެނީ ހައިރާންވެފައެވެ. މިއީ އަންނި މާރިޔާގެ މައްޗަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުން ލިބުނު ޝަރަފެއް ހެއްޔެވެ؟ މިއީ ހަގީގަތުގައި ޕާޓީގެ ރައީސް އަށް ލިބެން ޖެހޭ ޝަރަފެކެވެ. ނަމަވެސް، މާރިޔާ އާ ޖެހުމުން ޕާޓީގެ ރައީސް އެހުރީ ތަށިމަތި އަތުރައިދޭ ކުއްޖަކަށް ވެފައެވެ. މިއީވެސް އެބުނާ ޑިމޮކުރަސީތޯއެވެ؟

 
Web Statistics