Thursday, February 26, 2009

What happened to the Himeyn Ingilaab?

Many of us have been asking what happened to the famous website Himeyn Ingilaab, which played a considerable role in brining down the 30 year old authoritarian rule. It is not easy to answer to that question as our investigations are still underway. However, we wish to share with the readers as to some observations and theories we have of today.

1. Himeyn Ingilaab disappeared just a few weeks after Bushry, a self-claimed advisor to Anni, labled it as Silent Conspiracy. Henceforth, there appeared a barrage of criticisms of the website Himeyn Ingilaabu on the net by hard core mdp activists. It is also likely that the account detail of the website hosted at wordpress.com had been compromised by a hardcore mdp hacker.

2. Its editorial board has been linked to some Maldivian intellectuals based in the UK. Some denied while others remained silent. Perhaps, their true identities have been compromised to the extent that they decided take a break for a while. However, our intelligence points that it would re-emerge in one form or another before the upcoming parliament election.

Wednesday, February 25, 2009

ނައިބްރައީސްގެ ދަތުރުފުޅަށް އެމްއެމްއޭއިން އެއްލައްކަ ޑޮލަރު ނަގާފައިވާކަމަށް ތުހުމަތުކޮށް، އެކަމުގެ ތަފްސީލު ހޯދުމަށް އެދިއްޖެ

އިބްރާހިމް ވަހީދް (އަސްވާޑް)، ހާމަ ނޫސް

ނާއިބުރައީސް ޑރ.މުޙަންމަދު ވަޙީދު ޙަސަން މަނިކު، އިނގިރޭސިވިލާތަށާއި، ޖެނީވާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ކޮބައިކަމާއި، އެދަތުރުފުޅުގައި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ފަރާތްތަކާއި، އެފަރާތްތަކާ ބައްދަލުކުރައްވާ ބޭނުން ހޯދުމަށް ދިވެހި ޤައުމީ ޕާޓީން ރައީސް ނަޝީދަށް ސިޓީއެއް ފޮނުވައިފިއެވެ. ގައުމީ ޕާޓީން ރައީސް ނަޝީދަށް ފޮނުވި ސިޓީގައި ސޮއިކުރައްވާފައިވަނީ އެޕާޓީގެ އަމީން އާއްމު އަބްދުއަމީނެވެ.

އެސިޓީގައި، ނާއިބު ރައީސްގެ ދަތުރުފުޅުގެ ޚަރަދެއްގެގޮތުގައި އެއްލައްކަ ޑޮލަރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނަންގަވާފައިވާކަމަށް އެޕާޓީއަށް މައުލޫމާތު ލިބިފައިވާތީ، ދައުލަތުގެ ބަޖެޓުން ޚަރަދުކުރެއްވުމަށް ހަމަޖައްސަވާފައިވާ ފައިސާގެ ތަފްޞީލަށް އެދިފަވެއެވެ.

އަދި އިނގިރޭސިވިލާތުގައި ހުންނަ ހައިކޮމިޝަނަކީ ދިވެހި ސަރުކާރުގެ (ނާއިބް ރައީސް ފެންވަރުގެ) އިސްވެރިން ތިއްބެވުމަށް އެކަށީގެންވާ ތަނަކަށްވެފައި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްވެސް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައިވެސް އެކަމަޑޭޝަންގެގޮތުގައި ހައިކޮމިޝަން ބޭނުންކުރައްވާފައިވާއިރު، ނާއިބު ރައީސް އެތަނުގައި މަޑުނުކުރައްވާ އިނގިރޭސިވިލާތްފަދަ ގައުމެއްގެ އަގުބޮޑު ހޮޓަލެއްގައި މަޑުކުރެއްވުމުގެ ބޭނުންފުޅަކީ ކޮބައިތޯވެސް މިސިޓީގައި އޮޅުންފިލުވުމަށް އެދިފައިވެއެވެ. ބާކީބައި ވިދާޅުވުމަށް

15 މިލިޔަން ރުފިޔާގެ އަގުހުރި 13 ކާރު އަންނިގެ ސަރުކާރުން އެތެރެކޮށްފިި

source: anniwatch.com

ރައީސް ނަޝީދުގެ ސަރުކާރުން މިޓުސުބިޝީ ލެނސާރ ބުރޭންޑްގެ އަގުބޮޑު 13 ކާރު ރާއްޖެ އެތެރެކޮށްފިއެވެ. 21 ފެބްރުއަރީ 2009 ދުވަހު ލިލީ ރޯޔަލް ބޯޓުން މާލެ ގެނައި މިކާރުތައްމިހާރު ވަނީ ކަސްޓަމްގައެވެ. ކުރިއަށްއޮތް ދެތިންދުވަހު މިކާރުތައް ކަސްޓަމުން ބޭރުކުރާނެކަމަށްވެއެވެ. މިއީ ވަޒީރުބޭފުޅުންނަށް ޚާއްސަ ކާރުތަކެއްކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. ސިންގަޕޯރ މަގުން ރާއްޖެ އެތެރެ ކުރެވުނު ކާރެއްގެ އަގަކީ ޑިއުޓީއާނުލާ 30،000 އެމެރިކާ ޑޮލަރެވެ. ޑިއުޓީ އާއެކު ކާރެއްގެ އަގަކީ 90،000 ޑޮލަރެވެ. ދިވެހިފައިސާއިން ނަމަ މިއިން ކާރެއްގެ އަގަކީ އެއްމިލަޔަން އެއްލައްކަ ފަންސާސް ހަހާސް ފައްސަތޭކަ ރުފިޔާއެވެ. އެހެންކަމުން މިކާރު ޝިޕްމަންޓިގެ އަގަށް 15 މިލިޔަނަށްވުރެ ގިނަ ދިވެހި ރުފިޔާ ޚާރަދުވާނެއެވެ. ރައީސް ނަޝީދުގެ ޚަރަދުކުޑަ ސަރުކާރުން މިދުވަސް ވަރު ވަޒީރުންގެ ކާރުކޮޅުތަކަށް 15 މިލިޔަން ރުފިޔާ ހޭދަކުރުމުން އެއިން ދޭހަކޮށްދެނީ އެމަނިކުފާނުގެ އިޤްތިޞާދުކުރުމާއި އަތްފޯރާފަށް އަގުތިރިކުރުމާއި ކަންމަތީ އިސްޓޯރުގެ ދަރަނި ކުޑަކުރުމަށް ކުރައްވާ ބުރަ މަސައްކަތެވެ. ފޮޓޯ ބެއްލެވުމަށް

Tuesday, February 24, 2009

ވެރިކަމުގެ 100 ދުވަހުގައި ކުރި ރައްޔިތުންނަށް ގެއްލުންދެނެވި، އެންމެ ވިޔާނުދާ ކަންތައްތައް

1. ރިސޯޓުތަކުގެ ކުލި މައާފުކުރުމަށްފަހު، ކުލީގެ މުއްދަތު 50 އަހަރަށް އިތުރުކުރަން މަސައްކަތްކުރުން. ގައުމުގެ ހަޒާނާ ހުސްވެ ރާއްޖެ އިގުތިސާދީގޮތުން ބަލިކަށިވެފައި އޮއްވައި 300 މިލިއަން ރައީސް ނަޝީދު އެވަނީ ރިސޯޓު ވިޔަފާރިވެރިންނަށްޓަކައި މައާފުކޮށްދީފައެވެ.

2. ރައްޓެހި ތިމާގެ ކުދިން ލައިގެން ބުރޯޑުކާސްޓިން ކޯޕަރޭސަން ހަދައި ދައުލަތުގެ މީޑިއާ ހިސާރުކުރުން

3. ގައުމަށް ހިޔާނާތްތެރިވެ އެކަން ޝަރީއަތަށް ސާބިތުވެފައި ތިބި 3 ހާއިނުންނަށް ދައުލަތުގެ ވަޒިރުކަން ދިނުން

4. ދައުލަތުގެ ބޭކާރު ހަރަދު ކުޑަކުރަންޖެހިފައި އޮއްވާމެ ބޭކާރު އެތައް މަގާމެއް އުފައްދައި ރައްޓެހި ޕާޓިގެ ވަފާތެރިންނަށް ބޮޑެތި މަގާމުތައް ބަހަމުން ގެންދިޔުމާއި އެވެރިން ގޮވައިގެން ރާއްޖޭން ބޭރަށާއި ރާއްޖޭތެރޭގައި މެދުނުކެޑި ފާޑުފާޑު ނަންނަމުގައި ވައިބުރު ޖެހުން.

5. ގާނޫނު އަސާސީ މިހާރު އޮތްގޮތުން ރަށްރަށުގެ ކަތީބުންނަކީ ސިޔާސީ ނުފޫޒުންބޭރުގައި ތިބިބަޔަކަށްވާތީވެ، އަނެއްކާވެސް ރަށުއޮފީސް ތަކާއި އަތޮޅު އޮފީސްތައް ހިސާރުކުރުމުގެ ގޮތުން ކައުންސިލުތަކެއްނެތި ކައުންސިލަރުން އައްޔަންކުރުން.

މިލިސްޓު ފުރިހަމަކުރުމަށް ކިޔުންތެރިންނަށް ދޫކޮށްލަމެވެ.

ވެރިކަމަށް 100 ދުވަސްވީއިރު، 5 ވައުދަށް ވީވަރަކީ ...

1. ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ގުޅުމުން ގުޅާލުން:

އެއްވެސް ކަމެއް ކުރެވިފައެއް ނެތް. ހުސް ސަޅިބައިސާ!

2. ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލުން:

މައުމޫނުގެ ސަރުކާރުން ފެށި "މަދަނަ" އިންސޫރެންސު އެކަނި އޮތީ. އިތުރުކަމެއް ނުކުރެވޭ. ނުވެސް ފެށޭ. މިހާރު ތީމުގެއިން ކުރިން ލިބޭ 300 ޑޮލަރު ނުލިބޭތަނުގައި ބުރުމާބެ ވެސް ލާރި ފޮއްޗެއް ދިތެއް ނުކޮއްލައި. އަނެއްކާވެސް ހުސް ސަޅިބައިސާ!

3. އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން:

އެއްވެސް ކަމެއް ވާން އުޅޭކަމުގެ އަލިމަގެއް ނުފެނޭ. ދެން މިބުނަނީ އަމިއްލަ ވިޔަފާރިވެރިން ރިއަލްސުޓޭޓު އުސޫލުން ރީތި ނަލަ ގޭގެ ހަދައިގެން އާއްމުންނަށް މޯގޭޖު އުސޫލުން ވިއްކާށޯ. ދަހިކަމުން ލަގޮޑީގައި ނާށިލައިފައި ތިބި ބަޔަކަށް މިކަންކުރެވިދާނެބާ؟ ރާއްޖޭގައި ތިބި އެންމެ ބޮޑެތި ވިޔަފާރިވެރިންނަކީ ރިސޯޓު ހިންގާމީހުން. ރިސޯޓު ހިންގުމާ ބެހޭ ގާނޫނުގައި އެބައޮތް އާއްމުންނަށް ރިސޯޓުގެ ހިއްސާ ވިއްކައިގެން ކުލީގެ މުއްދަތު 50 އަހަރަށް އިތުރުކުރެވިދާނެކަމަށް. ނަމަވެސް، އެހެން މީހަކަށް ލާރިއެއް ދޭންޖެހިދާނެތީވެ އެއިން އެކަކުވެސް މިއަދާ ހަމައަށް އެއިން ކަމެއް ނުކޮށްތިބެގެން މިގޮވަނީ ރިސޯޓުގެ މުއްދަތު އިތުރުކޮށްދޭށޭ. ހުންނަ އަމިއްލަ އެދުމުގެ ބޮޑުކަމާ!

4. މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުން:

އިހަކަށް ދުވަހު ރާއްޖޭގެ އިންސާނީ ހައްގުތަކާބެހޭ ޖަމުއްޔާއިން ނެރުނު ރިޕޯޓުން އެގިގެންހިގައްޖެ މިހާރު އެދޮރުތައް ހުރީ ކުރިއަށް ވުރެންވެސް ބޮޑަށް ހުޅުވިފައިކަން. ދެނޯ؟؟

5. ދިރިއުޅުމުގެ އަގުތައް ތިރިކުރުން:

ހަމަ ހުސް ސަޅިބައިސާ. މިއަދާ ހަމައަށް ވީކަމެއް ހަރާން. ތަކެތީގެ އަގުތައް އުފުލެމުން އެހެރަ ދަނީ. ޑޮލަރެއް ނުލިބޭ މިހާރު. ގައުމުން ތަކެތި ހުސްވަނީ. އެހެނަސް، މަޖާކުރަން ރާއްޖޭން ބޭރަށް ދާ ދަތުރުތައް ގިނަވެ، ގައުމުގެ ހަޒާނާއަށް ބާރުބޮޑުވަނީ. ލިބޭނޭ ބުނާ ލާރި ލިބޭނެ ދުވަހެއް އަދި ނުފެނޭ.

އެމްޑީޕީ ސަރުކާރެއްގައި ފުއްދައިދޭނެކަމަށް ބުނެފައިވާ ވަޢުދުތަކުގެ ތަފުސީލު

ކުރިއްސުރެ ހެޔޮވެރިކަމެއް ކޮށްދިނުމުގެ ނިޔަތެއްނެތްް

އަބްދުމުއާޒު، ހާމަ ނޫސް

ސުބްޙާނައެވެ. ދިވެހި ރާއްޖެ މިދެކެނީ ކޮންފަދަ ކުށެއްގެ ޢުޤޫބާތެއްބާވައެވެ. ހަމަޖެހުމުގެ ނޭވާއެއްލައިގެން ހިތްހަމަޖެހޭ ދިރިއުޅުމެއް ޢާއްމު ދިވެހިންނަށް ނުލިބިގެން މިއުޅެނީ ކީއްވެގެންބާވައެވެ. އެއްކަމަކުން ސަލާމަތްވެ ހިންދަމާނުލެވި އަނެއްކަމެއްގައި ފިތި އުޑިކިބާދަށުވި ބިންފުކަށްވާވަރުވެސް ނުވެގެން މިއުޅެނީ ކީއްވެގެންބާވައެވެ. މައުމޫނާއި އަންނީގެ ގަދަހިފުމުގައި ހަފުސްވަމުން މިދަނީ ޢާއްމު ރައްޔިތުންނެވެ. ނަމޫނާ ދިމިޤްރާތީން ވަޠަންއެދޭގޮތަށް ހެޔޮވެރިކަމެއްކުރުމަށް އަނެއް ދިވެރާއްޖެއަށް އައިމާވެސް ވާކަމެއް ހަރާމުން ހަރާމެވެ.

ތިރީސްއަހަރު ވެރިކަންކުރުމަށް ވަގުތު ދިނީމާ މައުމޫނުވެސް ކީ އިތުރު ވަގުތުދޭށެވެ. ހެޔޮވެރިކަމެއް ކުރުމަށް އަންނިވެސް ބޭނުންވެގެން އުޅެނީ ވަގުތެވެ. މިވެރިން ހަދާނެއެއްޗެއް ހަދަން ވަގުތުދީގެން އަބަދުމެ ރައްޔިތުންނަށް މިޖެހެނީ ބަލަންތިބޭށެވެ. އެންމެފަހުން ވާވަރަކީ މުޅި ގައުމު ދަރާވިކި ހަސްނެތުމެވެ. ހެޔޮވެރިކަމުގައި އަނގަޔާ އަތްދިމާނުވުމެވެ. މައުމޫނުގެ ހަންފެތުރުމުގައި މުޅިޤައުމު ފަސާދަވެ، އިތުބާރުކެނޑި، އިނދަޖެހިގެންދިޔަދިޔުން ނައްތާލުމަށް އަތުކުރި އޮޅާލައިގެން ނިކުމެ ހެޔޮވެރިކަމެއްކޮށްދޭން އުޅޭގޮތުން ޢަމަލުގައި އިޚްލާޞްތެރިކަމެއް ނެތްކަން ކަށަވަރުވެއެވެ. ލިބިއޮތް އިޚްތިޔާރާއި ބާރުގެބޭނުން ކުރެވެމުންދާގޮތް މިކަމުގެ ހެއްކަކަށް ފުދެއެވެ.

ތިންހަތަރު އަހަރުކުރީން ވެރިކަމަށް ތައްޔާރުވެ ލާފުރާފުރިހަމަވެގެން ހުރެ ވެރިކަމާ ޙަވާލުވާމީހާގެ ކިބައިން ފެންނަންޖެހޭނީ ހެޔޮވެރިކަމުގެ އަސަރެވެ. އިހުއޮތް ވެރިކަމުގައިހުރި އުނިސިފަތައް ފާހަގަކޮށް ރައްޔިތުންގެ ސަމާލުކަމަށް އެކަންކަންގެނެސް ހެދުމަށްފަހު، އިހުގައި ކަންކުރިގޮތަށް ކަންކަން ކުރަމުން ދިޔުމަކީ ހެޔޮވެރިކަމެއް ކުރުމުގެ ނިޔަތް ކުރިއްސުރެ ނެތްކަމުގެ ދިރިހުރި މިސާލެކެވެ. އިހުއޮތްވެރިކަމުން ފާހަގަކުރި އުނިކަންކަމަކީ ވެރިކަންހޯދުމަށް ދެއްކި ބަހަނާތަކަކަށްވެގެން ދިޔުމުން އެއީ ސިޔާސީ ސްޓަންޓެކޭ ބުނެ ހަމަޖައްސައެއް ނުލެވޭނެެއެވެ. ބާކީބައި ވިދާޅުވުމަށް

Sunday, February 8, 2009

އަނެއްކާވެސް 3 ނޮވެމްބަރުގެ ބާގީއަކަށް ދައުލަތުގެ މިނިސްޓަރުކަން

މަތި ދެކުނު ޕްރޮވިންސް (ގއ. އަދި ގދ) ގެ ދައުލަތުގެ މިނިސްޓަރުކަމަށް މިއަދު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އައްޔަންކުރެއްވި އުމަރު ޖަމާލު މއ ތިނަދޫގެ އަކީ 3 ނޮވެމްބަރުގެ ހާދިސާއާ ގުޅުންހުރި ބާގީއެކެވެ. މީނާ އަކީ 3 ނޮވެމްބަރުގެ ހަމަލާ ރޭވުމުގައި އިސް ދައުރެއް އަދާކޮށް، ޓައިގަރުންނަށް އެދުވަހު އަމަލީގޮތުން އެހީތެރިވެދިން މީހެކެވެ. މިކަން ވަނީ ޝަރީއަތަށް ސާބިތުވެފައެވެ. މީގެ އިތުރުން، މިލިޔުންތެރިއަކީ އެ ބިރުވެރި ދުވަހު އޭނާގެ ހަރަކާތްތައް ވަރަށް ގާތުން ދެކުނު އަވަށްޓެރިއަކީމެވެ. ސަގަރު ލުތުފީމެންގެ އެދުމުގެ މަތިން އެދުވަހު ޖަނަރޭޓަރެއް ކުއްޔަން ދޫކުރާ ތަނަކުން ހޯދުމަށް މަސައްކަތްކޮށްފައިވެސް ވެއެވެ. އަދި މާ އިނަސެންޓު މީހަކަށް ހެދިގެން މީހުންގެ ބޮލަށް ވަދެގެން ފާޑުފާޑުގެ ވާހަކަދައްކާވެސް އުޅުނެވެ. ދައުލަތުގެ މިނިސްޓަރުކަން ދޭން ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވަނީ މިފަދަ މީހުންތޯ އަޅުގަނޑު ވަރަށް އަދަބުވެރިކަމާއެކު ސުވާލުކުރަމެވެ.

ދައުލަތުގެ މިނިސްޓަރުންނަކީ މަހަކު 32،000 ރުފިޔާ ލިބޭބަޔެކެވެ. އަދި އިތުރު އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ދެވެއެވެ. އަތޮޅުތަކާ ބެހޭ މިނިސްޓްރީ އުވާލުމަށްފަހު އޭގެ ބަދަލުގައި މިހާތަނަށް 8 ސްޓޭޓު މިނިސްޓަރުން އަތޮޅުތައް ހިންގުމަށްޓަކައި އައްޔަންކުރައްވައިފިއެވެ. މިބޭފުޅުންގެ އަރިހުން ރައީސް ނަޝީދު އެދިވަޑައިގަންނަވަނީ ރައްޔިތުންނަށް ހެޔޮގޮތުގައި ވެރިކަން ކޮށްދިނުމަށާއި ރައްޔިތުންނާ ވީހާވެސް ގާތުން ކަންކަން ނިންމަވަމުން ގެންދެވޭ އުސޫލަކުން ރާއްޖޭގެ ވެރިކަން ކުރެއްވުމަށްކަމަށް ހަވީރު ނޫހުގައި ލިޔެފައިވެއެވެ. މިމީހުންނާއި އަތޮޅު ކައުންސިލަރުންނާއި ރަށްރަށުގެ ކައުންސިލަރުންގެ ޒިންމާތަކާ މަސްއޫލިއްޔަތު ފުށޫނާރާ ބާވައޭ ސުވާލުކުރެވެއެވެ. މިއިން ކޮންމެ މީހަކީވެސް ސަރުކާރުން އައްޔަންކުރައްވާ ބަޔަކަށްވީއިރު ރައްޔިތުންގެ ޝުއޫރު މިބައިމީހުންނަށް އެގިދާނެކަމާމެދު ސުވާލުކުރެވެއެވެ. ކުރީގެ ވެރިކަމާމެދު ރައްޔިތުން އެންމެ ބޮޑަށް ހިތްހަމަ ނުޖެހިގެން އުޅުނު ސަބަބަކީވެސް މިއީއެވެ.

ގުޅޭ ހަބަރު: އިތުރު ހަތަރު ސްޓޭޓް މިނިސްޓަރަކަށް ހަތަރު ޕްރޮވިންސެއް ހަވާލުކުރައްވައިފި (ހަވީރު ނޫސް)

Sunday, February 1, 2009

ރައީސް ނަޝީދުގެ ކިބައި އަހަރެމެން އެދެނީ ނަމޫނާ ރައީސަކަށް ވުމަށް

1. ވޭތުވެދިޔަ 30 އަހަރު ތެރޭގައި ބޭއްވުނު އިންތިހާބުތަކަށް ކުރީގެ ރައީސް މައުމޫނު ނުފޫޒު ފޯރުވިކަމަށް އެއްމެ އަޑަށް ބާރުލައި ވާހަކަދެއްކި މީހަކަށް ރައީސް ނަޝީދު ވާތީވެ، އެފަދަ ކަންތައްތަކާ ދުރުގައި ހުންނެވުމަކީ އަދި އެފަދަ ކަމަކާގުޅޭ ވާހަކައެއް މަނިކުފާނާ މެދު ދައްކާނެ ފުރުސަތެއް ނުދިނުމަކީ އަޅުގަނޑުމެންގެ އެދުމެކެވެ. ސަބަބަކީ މަނިކުފާނު ތިޔަ މަގާމަށް ރައްޔިތުން އިންތިހާބުކުރީ އެފަދަ ކަންތަކާމެދު ރައްޔިތުން ނުރުހޭތީވެއެވެ.

2. ދައުލަތުގެ މަގާމުތަކަށް ރައްޓެހިންނާ ޕާޓީގެ މީހުން އައްޔަންކުރުމަކީ ކަމަށް ގާބިލު ކަންކުރެވޭ މީހުންނަށް ފުރަގަސްދިނުންކަން ހަދުމަކުރާށެވެ. ޕާޓީ މީހުންނަށާއި ރައްޓެހިންނަށް މަގާމުދިނުމާ ތިމާގެ މީހުން މަގާމުތަކަށް އައްޔަންކުރުމަކީ ހަމަ އެއްވަރުގެ ދެކަންތަކެވެ. ދައުލަތުގެ މަގާމުތަކަށް ބޭނުންވަނީ ކަމަށް އެކަށޭނަ ގާބިލު ކަންކުރެވޭ މީހުންނެވެ. އެމީހަކު ނިސްބަތްވާ ޕާޓީއެއް، އެމީހެއްގެ ސިޔާސީ ފިކުރެއް، އެމީހަކު ހުންނަ ގޮތެއް އެއީ އެކަމަށް އެޅޭ ހުރަހަކަށް ނަހަދާށެވެ.

3. ކުރީގެ ރައީސް މައުމޫނު ގެންގުޅުއްވާ ސިޔާސަތުތަކަށާއި އަމަލުފުޅު ބަހައްޓަވާ ގޮތްތަކަށް މަލާމާތްކޮށް ޖޯކުޖެހި ކަންތައްތައް ކުރާ މީހެއްކަމުގައި ނުވެވޭތޯ މަނިކުފާނު ބަލާށެވެ. ޖެބޯގެރި ދުއްވުމާއި، ވައުދު ނުފުއްދުމާ، ބުނާ ބަހާ އަމަލާ ދިމާނުވުމާ، ނޭކަށޭނަ މީހުން ބޮޑެތި މަގާމުތަކަށް އައްޔަންކުރުމާ، ރައީސް އޮފީސް ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމާ، ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކެމްޕޭނުކުރުން ފަދަ ކަންތައްތަކަކީ އަދިވެސް ރައްޔިތުން ނުރުހޭ ކަންތައްތައްކަން ހަދުމަކުރާށެވެ.

4. މަނިކުފާނަށް ވޯޓުލީ މީހުންގެ ބޭނުމާ މަގުސަދުގެ މަތިން ހަދުމަނެތި ނުކުރާށެވެ. ބޭނުންވަނީ އުފާވެރި ފާގަތި ދިވެހިރާއްޖެއެކެވެ. ބަދަލުވެފައިވާ މައްސަލަތައް މަދު އެކުވެރި ގައުމެވެ. މިކަންތައްތައް ފުރިހަމަކޮށް ނުދެވޭނަމަ އިތުރު ބަހަނާއެއް ނުދައްކާ އަމިއްލައަށް އިސްތިއުފާދީ އެކަން ކުރެވޭނެ އެހެން މީހަކަށް ފުރުސަތުދޭށެވެ. އާޑަކިޔުމާ ފާޑުކިޔުމަކީ ވަރަށް ފަސޭހަކަމެކެވެ. ކަންކަން ހައްލުކުރުމާ، އިސްލާހުކުރުމާ، ބަދަލު ގެނައުމަކީ އެހާ ފަސޭހަކަމެއް ނޫންކަން މިހާރު ހުންނާނީ ފަހުމުވެފައެވެ.

5. ތިމާ ތިޔަ މަގާމަށް ގެނައުމަށް ވިޔަފާރިވެރިން ހަރަދުކުރިޔަސް އެމީހުންގެ އުފަލަށްޓަކައި ރައްޔިތުންގެ ހައްގު ނިގުޅައި ނުގަންނަވާށެވެ. ތިބާ ތިހުރީ ބޮޑު ހުވަޔެއް ކޮށްގެންކަން ހަދާންކުރާށެވެ. އޭގައި ބުނަނީ މަދު ބަޔެއްގެ ހައްގު ރައްކާތެރިކޮށްދިނުމަކަށް ނޫނެވެ. މުޅި ގައުމުގެ ހުރިހާ ރައްޔިތުންގެ ހައްގު މަނިކުފާނުގެ ބޮލުގައި އެޅިފައިވޭމެއެވެ. ކޮންމެ ހުވަޔަކީ އެއާމެދު ސުވާލުވެވޭނެ އެއްޗެއްކަމުގައި ހަދުމަކުރާށެވެ. އިންސާނާ ހެއްދިވިގެންވަނީ ވެލިންނެވެ. އެބުރި ދާހުށީވެސް ވެއްޔަށެވެ. ކޮންމެ އެއްޗަކަށް ނިމުމެއްވާ ފަދައިން ދުނިޔެއަށް ނިމުމެއްވާކަމީ ޔަގީންކަމެކެވެ. ހިސާބު ކިތާބު ބެލެވޭނެކަން އެއީ މުޖައްރިބެކެވެ.

 
Web Statistics